Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ބޯޓް ބިލްޑިންގެ މަސައްކަތް ކުރުމަށް ދިވެހިންނަށް އިސްކަން ދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެ

ބޯޓް ބިލްޑިންގ މަސައްކަތް ކުރުމަށް ދިވެހިންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ރ. އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން އަހަމިއްޔަތުކަމެއް ދެނީ ބޭރު މީހުންނަށް ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް އެ ފަދަ ކަންކަން ކުރުމުގެ ފުރުސަތު ދެއްވުން މުހިންމު ކަމަށެވެ.

"މި ރަށުގައި ވަރަށް ގިނައިން ބޯޓް ބިލްޑިންގ ގެ މަސައްކަތް ކުރޭ.އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބޯޓް ބިލްޑިންގ އަކީ މި ރަށުގައި ނޫނަސް ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ކުރަމުން އަންނަ މަސައްކަތެއް. ސަރުކާރުން އެހާ ބޮޑު ސަމާލުކަމެއް ނުދޭ އެ މަސައްކަތް ކުރާ ދިވެހީންނަށް. ސަމާލުކަން ދެނީ އެ މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް. އެހެންކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ބޯޓު ބިލްޑިންގ ގެ މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްކޫލްގެ ޚިދުމަތްތައް ރަނގަޅު ކޮށް، ސުކޫލުގައި އިތުރު އިމާރާތެއް ޤާއިމްކޮށްދީ، ސްކޫލް ދަރިވަރުންނަށް ބޭނުންވާ ތަކެތި ހޯދައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"މި ރަށުގެ ސްކޫލުގެ ހިދުމަތްތައް ރަނގަޅު ކޮށްދޭނަން. އިތުރު އިމާރާތެއް އަޅާ ސްކޫލު ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނަން.". މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ސިއްހީ މަރުކަޒަށް ޖާގަ އިތުރުކޮށް ބަލިމީހުންނަށް ފަރުވާދޭނެ އެންމެ ފެންވަރު ރަނގަޅު އެއް ސިއްހީ މަރުކަޒެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަން ފާހަގަ ކުރެއްވިއެވެ. އެރަށަށް ދެން އެންމެ ބޭނުވާ އެއްކަމަކީ އޭޓީއެމް އެއްގެ ޚިދުމަތް ކަމުން އޭޓީއެމެއް ގާއިމްކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

”މިރަށުގެ ކައުންސިލް މެމްބަރު އެދުނު ގޮތައް މި ރަށު ރައްޔިތުން އެންމެ ބޭނުންވަނީ އޭޓީއެމެއް، އެހެންކަމުން މި ރަށުގައި އޭޓީއެމެއް ގާއިމްކޮށްދޭނަން” ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ