Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ރަސްމާދޫ ޒުވާނުންނަށް ޑރ. މުއިއްޒު ދެއްވީ ފެންވަރު ރަނގަޅު ފުޓުބޯޅަދަނޑެއްގެ ޔަގީންކަން!

ރ. ރަސްމާދޫގައި ރަނގަޅު ފެންވަރެއްގެ ފުޓްބޯޅަ ދަނޑެއް ގާއިމުކޮށްދިނުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ޑރ. މުއިއްޒު މިފަދައިން ވައުދުވެވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ރ. މާކުރަތަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ރަސްމާދޫ ރައްޔިތުންވެސް އެ ރަށުގެ ތަރައްގީއަށް ކުރަން އެދޭ ކަންކަން ކޮށްދެއްވާ ނަތީޖާ ނެރެދެއްވާނެކަމަށެވެ.

އެގޮތުން އެރަށުގެ ސިއްހީ ޚިދުމަތް ވަރުގަދަކޮށްދީ ބޭނުންވާ އިތުރު ފެސިލިޓީސްތަކާއި އިމާރާތް އިތުރުކޮށްދީ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށްދިނުމަށް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ފަދައިން ސިއްހީ ހިދުމަތް ދޭ ވަގުތާއި މުވައްޒަފުންވެސް އިތުރުކުރެވޭނެކަމަށެވެ.

އަދި ސްކޫލު މަލްޓި ޕާޕަސް ހޯލު ގާއިމުކުރުމާއެކު ޖާގަ އިތުރުކޮށްދީ އެރަށަށް ބޭނުންވާ ފެންވަރަށް ސްކޫލު އަޕްގްރޭޑް މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ރަސްމާދޫ ފުޓް ބޯޅަދަނޑު ތަރައްގީކުރުމަށް ބިން ކަނޑައަޅާ ބިންގަނޑު އެއްވަރުކޮށްފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ އެރަށުގެ ޒުވާނުން ބޭނުންވާ ފަދަ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެކަަމަށެވެ.

މީގެ އިތުރުންވެސް ރަސްމާދޫއަށް ބޭނުންވާ މުހިއްމު ކަންކަން ކޮށްދިނުމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ އެރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދެއްވާނެކަމަށެވެ. އަދި ޖުމުލަގޮތެއްގައި އެރަށުގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ