Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ޚިދުމަތްކުރުމުގައި ރައްޔިތުން ވޯޓު ދިނީ ކޮން ގޮތަކަށްތޯއެއް ނުބަލާނަން: ޑރ. މުއިއްޒު

ރަށެއްގެ ރައްޔިތުންނަށް ޚިދުމަތް ކުރާއިރު އެރަށެއްގެ ރައްޔިތުން ވޯޓު ދިނީ ކޮން ގޮތަކަށްތޯއެއް ނުބައްލަވާނެކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ރ. މާކުރަތަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކޮންމެ ރަށަކަށްވެސް ދޭން ޖެހޭ ސަމާލުކަން އެއްވަރަކަށް އެރަށަށް ދެއްވާނެކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެރަށެއްގެ ތިބި ރައްޔިތުން ވޯޓު ދިނީ ކޮން ގޮތަކަށްތޯއެއް ނުބައްލަވާނެކަމަށެވެ.
އަދި އެރަށެއްގައި ތިބީ ކޮން ޕާޓީއެއްގެ މީހުނެއްތޯ އާއި އެރަށެއްގެ ކައުންސިލް އޮތީ ކޮން ޕާޓީއަކަށްތޯއެއްވެސް ނުބައްލަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ އެއްވެސް ތަފާތުކުރުމެއް ނެތި ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރަށްރަށުގެ މަޝްރޫއުތައް ގާތުން ބަލައި ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ. އަދި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލެއް ވާ ނަމަ އެ ބަދަލެއްވެސް މަޝްރޫއުތަކަށް ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މާކުރަތަށް ރައްޔިތުން ބޭނުންވާ ކަންކަން އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެކަމަށެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އެރަށު މަގު ހެދުން ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދެއްވުމުގެ އިތުރުން ފުޓްސަލް ދަނޑު ފެންވަރު ރަނގަޅުކޮށްދިނުންމަށް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ