Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ޕީޖީ ވަކީލުން ބިޒީވެގެންކަމަށް ބުނެ ރައީސް ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ބިޒީވެގެންކަމަށް ބުނެ މިއަދަށް ތާވަލުކޮށްފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމާ ގުޅުވައިގެން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 1:30 އަށެވެ.

އެ އަޑުއެހުން އެންމެ ފަހު ވަގުތުގައި ކެންސަލްކޮށްފައި ވަނީ ޕީޖީ އޮފީހުގެ ވަކީލުން ބިޒީކަމަށް ބުނެއެވެ.

މިއަދު ބާއްވަން ތާވަލުކުރި ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމަކީ މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްކޮށްފައި ތާވަލު ކުރި އަޑުއެހުމެކެވެ. ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފައިވާއިރު މައްސަލަ ލަސްވާތީ ޕީޕީއެމް ޕީއެންސީން ވަނީ މި ހަފްތާ ތެރޭގައި ހައިކޯޓަށްވެސް ގޮސްފައެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނުނިންމާ އިސްތިއުނާފު ނުނިމޭތީ ވަކީލުންނާއި ޕީޕީއެމް ޕީއެންސީންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކުރުމާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ ހައިކޯޓް އިސްތިއުނާފުގެ އަޑުއެހުން ސުންގަޑިއަށް ވެފައިވަނިކޮށް ޕީޖީ އޮފީހުގެ ވަކީލުން ބިޒީވުމުން ކެންސަލްކޮށްފައިވާކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މިއީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށެވެ. އަދި އެ އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީގޮތެއްގައި ރޭވިގެން ވާ ގިނައަތްތަކެއް ހިމެނޭކަމަށްވެސް ޑރ. ޖަމީލް ތުހުމަތުކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ