Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރިއަށް ނުދާ ސަރުކާރުގެ މަޝްރޫއުތައް

ކެންސަރު ހޮސްޕިޓަލް އަޅަން ދެ މިލިއަން ހަރަދުކޮށްފި، މަސައްކަތް ނުވެސް ފެށޭ!

ލ. ގަމުގައި ގާއިމުކުރަން މި ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު، އަދި އަމަލީ މަސައްކަތް ނުވެސް ފެށޭކަން އެނގިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ފަށަން ބުނި ލ. ގަމު ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް މިހާތަނަށް 2،110،964 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އެކަމަކު "ދިޔަރެސް" އަށް އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި ގަމުގައި ފެށިފައިނުވެ އެވެ.
ސަރުކާރުން ބުނި ގޮތުގައި ގަމުގައި ހަދާ ކެންސަރު ބަލީގެ ހޮސްޕިޓަލުން ބަލި ދެނެގަތުމާއި ފަރުވާ ދިނުމާއި ރިހިބިލިޓޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. އަދި އެ ހޮސްޕިޓާ ހުޅުވުމުން ލ.އަތޮޅަށް މެޑިކަލް ޓުއަރިޒަމް ތައާރަފުކުރާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
އެ މަޝްރޫއަކީ އިންޑިޔާއިން ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖައްސައިދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ. މި ލައިން އޮފް ކްރެޑިޓަކީ 20 އަހަރުން އަނބުރާ ދައްކާ ގޮތަށް ދީފައިވާ ލޯނެކެވެ. އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސަންޓެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާކުރަން ބޭނުންވާ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންވެސް ތަމްރީނުކުރާނެއެވެ. އެގޮތުން 250 ދިވެހިން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.
މި ލިއުމާއި ގުޅޭ