Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

މޮރިޝަސް ސިޓީ ހާމަނުކުރި މައްސަލައިގެ އަޑުއެހުން ރައީސް އޮފީހުން އެދިގެން ފަސްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހާމަކުރަން ރައީސް އޮފީހުން ދެކޮޅުހެދި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އިން ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމި އަޑުއެހުން ރައީސް އޮފީހުން އެދިގެން ފަސްކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން އެދުނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމުހުރިއްޔާ ފޮނުއްވި ސިޓީގެ ކޮޕީއެއް ހޯދުމަށާއި އެ ސިޓީ ފޮނުއްވިއިރު ރައީސަށް އެކަމުގައި ގާނޫނީ ލަފާދެއްވި ބޭފުޅުންގެ ނަންތައް ހޯދުމަށެވެ.
އެކަމަކު ސިޓީގެ ކޮޕީ ހާމަކުރަން ދެކޮޅު ހެދުމާއެކު ރައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައިވަނީ އެ މައްސަލައިގައި ގާނޫނީ ލަފާދިން ބޭފުޅުންގެ މައުލޫމަތު ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ.
އެ ޖަވާބާމެދު ހިތްހަމަނުޖެހިގެންނާއި ސިޓީ ހާމަކުރަންޖެހޭނެ ކަމަށް ބުނެ ދިޔަރެސް އިން އެ މައްސަލަ އައިކޮމްގައި އިލްތިމާސް ކުރުމުން ހުޅުވާލައިގެން އެ މައްސަލައިގެ އަޑުއެހުން ކުރިއަށްގެންދަން ނިންމާފައި އޮތީ މިއަދުގެ 13:00 އަށެވެ.
އެކަމަކު މިއަދުގެ ބައްދަލުވުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް ރައީސް އޮފީހުން އެދިފައިވާ ކަމަށް ބުނެ އައިކޮމް އިން މިހާރު ވަނީ މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުން ފަސްކޮށްފަ އެވެ.
ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން އިޓްލޮސް އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ސީޓީއެއް ފޮނުއްވީ ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކޮށް، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ އެވެ.
އެއާއެކު އިޓްލޮސް އިން ނިިންމި ނިންމުމާ ގުޅިގެން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމުގެ އިތުރުން، ރާއްޖޭގެ މަސްކަނޑުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ.
އެ ސިޓީގެ ކޮޕީއެއް ހޯދުމަށް ދިޔަރެސް އިން އެދުމުން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ ޗާގޯސް މައްސަލައާ ގުޅިގެން 18 އޭޕްރިލް 2023 ގައި ރައީސް އިބްރާޙިމް ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ސިޓީގައި ހިމެނޭ މައުލޫމާތު ހާމަކުރައްވާފައިވާކަމަށެވެ. އަދި އެ ވާހަކަތައް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި އެހެންއެކަމުން އެއީ ހާމަކުރެވިފައިވާ މައުލޫމާތެއް ކަމަށެވެ.
މި ލިއުމާއި ގުޅޭ