Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޔާސީ އިންތިޚާބު 2023

އިންޑިއާ ސަފީރާއި މިނިސްޓަރު އަމީރުގެ ކުއްލި ބައްދަލުވުމެއް

ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ކުއްލި ބައްދަލުވުމެއް މިވަގުތު ކުރިއަށްދާކަން "ދިޔަރެސް" އަށް އެނގިއްޖެ އެވެ.
އިންޑިއާ ސަފީރު މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީއަށް ވަޑައިގެންނެވުމުން ޕޮލިހުން ވެސް މިވަގުތު އެ ސަރަހައްދުގައި އެބަ ތިއްބެވެ. އިންޑިއާ ސަފީރުގެ ކާރުކޮޅު އަދިވެސް އޮތީ ފިނޭންސް މިނިސްޓްރީ އިމާރާތުގެ ކައިރީގަ އެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާ ސަފީރާއި މިނިސްޓަރު އަމީރުގެ މި ބައްދަލުވުމުގައި ކުރިއަށްދަނީ މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިންޑިއާގެ ސްޓޭޓް ބޭންކަށް 194 މިލިއަން ޑޮލަރު ނުވަތަ 3 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދުމުގެ މަޝްވަރާތަކެވެ.

އިންޑިއާ އަތުން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށް ވެސް އެމްޑީޕީން ވޯޓު ގަންނަން ފައިސާ ބެހި ކަމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮށްގެންވެސް ފުރަތަމަ ބުރުން ލިބުނު މަދު ވޯޓާއެކު، ދެވަނަ ބުރަށް އެމްޑީޕީން އައިޑީކާޑު ގަންނަމުންދާ ކަމުގެ މައްސަލަތައް މިހާރު ވަނީ ފެންމަތިވެފަ އެވެ.
ވޯޓު ގަތުމުގެ މައްސަލަތަކުގެ އިތުރުން އިންތިހާބާ ދިމާކޮށް ރައީސް އިބްރާހީމް ވަނީ ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ. އަދި ވަޒީފާތައް ދިނުމާއި، ވަޒީފާގައި ތިބި ފަރާތްތަކަށް ޕްރޮމޯޝަން ދިނުމަށް ގިނަ ފައިސާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ. އިންޑިއާއިން އޮތީ އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރަށް އެހީވާން ތައްޔާރަށް ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާއާ ގާތް ގުޅުމެއް އޮންނައިރު، ރައީސް އިބްރާހީމަކީ "އިންޑިއާގެ ކެންޑިޑޭޓް" ގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމް ބަލިވެވަޑައިގެންނެވުމުން ވެސް އިންޑިއާ ސަފީރު މުނޫ މަހާވަރު ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާ ހޮޓެލް ޖެންގައި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު ސަފީރުގެ މޫނުފުޅު މަތިން ވަރަށް ބޮޑަށް ކޯފާވެފައި ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވިކަމުގެ އަސަރުތައް ސާފުކޮށް ފެނުނު ކަމަށް މައުލޫމާތު ލިބެ އެވެ.
މި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިލެއްވީ އެންމެ 39 ޕަސެންޓު ވޯޓެވެ. ލައްކައަކަށްވުރެ ގިނަ ވޯޓާއެކު 46 ޕަސެންޓު ނަގައި އިންތިހާބުން ކުރި ހޯއްދެވީ ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
މި ލިއުމާއި ގުޅޭ