Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

އިޒްރޭލުން 24 ގަޑިއިރުތެރޭ ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ހަ މީހަކު 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލައިފި އެވެ.
ޚާން ޔޫނުސްގެ އިރުމަތީގައި އޮންނަ ޣައްޒާގައި، އަލްއަޤްޞާ މިސްކިތަށް އިސްރާއީލުން ވަދެ ގަތުމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުން ދަނިކޮށް އުމުރުން 25 އަހަރުގެ ޔޫސުފް ރަދުވާންގެ ބޮލަށް އިސްރާއީލުގެ ސިފައިންވަނީ ބަޑިޖަހާފައެވެ.
ބުދަ ދުވަހުގެ ފަތިހު އިސްރާއީލު ސިފައިން ވަނީ ޖެރީކޯގެ އަޤްބަތު ޖަބްރް ރެފިއުޖީ ކޭމްޕަށް އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އުމުރުން 19 އަހަރުގެ ދަރްގަމް އަލް އަޚްރާސް މަރާލާފައެވެ. އިސްރާއީލު ސިފައިން އޭނާގެ ބޮލަށް ބަޑިން ހަމަލާދިން އަލް އަޚްރާސް އަކީ މިދިޔަ ހަފުތާގެ ފަހުން އަޤްބާތު ޖަބްރުގައި ޝަހީދުވި ފަލަސްތީނުގެ ދެވަނަ މީހާއެވެ.
އޭނާގެ ބައްޕަ ބުދަ ދުވަހު ފަލަސްތީނުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަލް އަޚްރާސް އޭނާގެ ގޭގެ ފުރާޅުމަތީގައި ފަތިހު މަޑުކޮށްލައިގެން ހުރި އިރު، ރެފިއުޖީ ކޭމްޕަށް ވަނުމުގެ ތެރޭގައި ސިފައިން ރޭންޑަމްކޮށް ބަޑިޖަހަން ފެށި ކަމަށެވެ. އޭނާ އަކީ ހައި ސްކޫލްގައި ކިޔަވަމުން ދިޔަ ކުއްޖެއް ކަމަށާއި އޭނާ މަސައްކަތް ކުރީ ޖެރިކޯގެ ޓޫރިސްޓް ރިސޯޓެއްގައި ކަމަށެވެ.
ޖެނިންގައި އިޒްރޭލު ސިފައިން އަންގާރަ ދުވަހުގެ ރޭ ރެފިއުޖީ ކޭމްޕަށް ވަދެ، ފަލަސްތީނުގެ ހަނގުރާމަވެރިންނާ ކުރިމަތިލި އެވެ. އިޒްރޭލު ސިފައިން ދިން ހަމަލާގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވި އިރު، ހަތަރު ވަނަ މީހަކު މަރުވެފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މި އޮޕަރޭޝަންގައި އިސްރާއީލުގެ ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 30 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޖެނިންގެ ދެކުނުގައި އޮންނަ މަރްކާ އަވަށުގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ މަހްމޫދު އަލް ސާދީ އާއި 24 އަހަރުގެ މަހްމޫދު އާއި 22 އަހަރުގެ ރަފާތު ޚަމައިސޭހް އަދި 29 އަހަރުގެ އައްތާ މޫސާ ކަމަށެވެ.
އިސްރާއިލްގެ މިހަމަލާތަކަކީ އިސްރާއިލްގެ ޔަހޫދިން ކޮންމެ އަހަރަކުވެސް ފާހަގަކުރާ އެމީހުންގެ އާއަހަރާ ދިމާކޮށް ގިނައަދަދެއްގެ ޔަހޫދީ މަސްޖިދުލް އަޤްޞާއަށް ވަންނަމުންދާތީ އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން ދެމުންދާ ހަމަލާތަކެއްކަމަށް ރިޕޯޓްތައްބުނެއެވެ.
މި ލިއުމާއި ގުޅޭ