Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

މާފު ކުރި 4 ބިލިއަން ރުފިޔާ އަކީ 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވޭހާ ފައިސާ: ސައީދު

ރިސޯޓުތަކުން ނުދައްކާހުރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާފު ކުރި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ އަކީ 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވޭހާ ފައިސާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެރިންގައި މިރޭ ރ. ހުޅުދުއްފާރުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް އިބްރާހިމްގެ މި ނިންމުމަކީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.

"މިއީ 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ދެވޭނެ ހާ ފައިސާ. މިއީ ވަރަށް ބޮޑު ޚިޔާނާތެއް. ހަގީގަތުގައި ރިސޯޓުތަކުގެ ވެރިންވެސް މިކަން މިގޮތަކަށް ބޭނުމެއް ނުވާނެ. އަޅުގަނޑުމެންގެ ރަށްތައް 99 އަހަރަށް ކުއްޔަށް ދީފަ އެކުއްޔަށްދޭ ރަށްތައް ޑިވެލޮޕްކުރަން ފައިސާ ގެނެސްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ކޮށްޓަވަން ޖޭނެ މަގު. އެކަން ކުރައްވަން ޑރ. މުއިއްޒު ސިޔާސަތެއް އެގެންނެވީ. ދެން ހުރި ވެރިމީހާ އެކުރެއްވި ކަމަކީ ދައުލަތަށް ލިބެންހުރި އާމްދަނީ މާފުކޮށް ކަނޑަމުން ކަނޑަމުން ދަނީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިއީ 2011 އިން ފެށިގެން އަދި ފެހި ގާނޫނު އައިފަހުން މިއަދާ ހަމައަށް އެއްވެސް ވެރިއަކު ދިވެހިރާއްޖެ އަށް ކުރި ކަމެއް ނޫން ކަމަށެވެ.

ޓެކްސް ގާނޫނަކަށް ރައީސުލްޖުމްހޫރިއްޔާ އަކަށް ނޯންނާނެ މާފްކުރުމުގެ ގާނޫނީ ޒިންމާއެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރެއް ނޫން. އެހެން ނަމަވެސް 2022 ވަނަ އަހަރު ބައެއް ބޭރުގެ ކުންފުނިތަކަށް ޚާއްސަކޮށް އަޅުގަނޑުމެން ޖެއްސި ދަރަނި ދަންތުރައިގެ ތިންބިލިއަން އެމެރިކާ ޑޮލަރުގެ އެގެނައި ބޭންކުތަކާއި ކުންފުނިތަކަށް މާފް ދޭން ވެގެން ސީދާ ރައީސް އިބްރާހިމް ގާނޫނަށް ބަދަލު ގެނެސްގެން 2022 ވަނަ އަހަރު ވީ ބޮޑު ޚިޔާނާތް. އެހެންވީމާ މަންޒަރު ވަރަށް ސާފް" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ޒިންމާ އަކާ ހަވާލުވެފައިވާ ކޮންމެ މީހަކަށް މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ދީނާއި ވަތަނާއި ސިޔާދަތާއި އިގްތިސާދަށް އަދި ރައްޔިތުންގެ ކުރިމަގަށްޓަކައި ޑރ. މުއިއްޒު އަށް ވޯޓް ދެއްވުމަށް އެދި އާދޭސް ދަންނަވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ