Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތާރީޚު

ތާރީޚުގެ ތެެރެއިން: ބޮޑު ސިއްކަގެ ބަނގުރަލުގެ ޕާޓީކުރުން

ތާރީޚުގެ ފަތްފުތްތައް މި އުކައިލަނީ އަށްޑިހައިގެ އަހަރުތަކާ ހިސާބަށެވެ. ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ގަވާއިދާ ޚިލާފަށް ކަހަނބު އެކްސްޕޯޓްކުރަން ނިންމައި ކަހަނބު ގަންނާނެ ފަރާތެއް ހަމަޖައްސައި ރާވަމުންދާކަން ސަރުކާރަށް އެނގިގެން އެކަން ބަލައި އޭނާ ގަވާއިދާއި ޚިލާފުވެފައިވާތީ ގޭގައި ބަންދުކުރީ 1986 ގައެވެ.
އައްޑުއަތޮޅު ހިތަދޫ ޒަމާނީގޭ ޢަބްދުﷲ ޝާހިދަކީ އޭރު ލުޠުފީ ބަންދުގައި ހުންނަ ގެ ކަަމަށްވާ ''ވިލުދޮޅި'' އަށް އާންމު ގޮތެއްގައި ގޮސް އުޅޭ މީހެކެވެ. އެގޮތުން ބައެއް ރޭރޭގެ އިރާކޮޅުގެ ވަގުތުތައް ހޭދަކުރަމުން ދިޔައީ ލުޠުފީއާއެކު އެ ގޭގައި ބަނގުރަލުގެ ޕާޓީ ކުރުމުގައެވެ. މިހެން ގޮސް ޝާހިދު އެ ގެއަށް ދިޔަ އެއް ރެއެއްގައި މާފަންނު ދީފުރަމްއާގޭ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ވެސް ލުޠުފީއާއެކު ބަނގުރާ ބޯން އިން މަންޒަރު ޝާހިދަށް ފެނިފައިވާ ކަމަށް 1991 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ''ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ'' މި ފޮތުގައި ބަޔާންކޮށްފައިވެއެވެ.
އިސްވެ މި ބުނި ތިން މީހުންނަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާއެއް ދީ, 19 ދިވެހިންގެ ލެއިން ދިވެހި ބިން ފޯކޮށްލުމުގެ އަޑީގައި ތިބި މޭސްތިރިންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޣައްދާރުންނެވެ. އާދެ, ރަތްލާޖެހި ބާޣީންނެވެ.
ހަމައެހެންމެ އިސްވެ މި ބަޔާންކުރި ވިލުދޮޅި ގެއަކީ ރާއްޖެއަށް އުދުވާނީ ހަމަލާއެއް ދިނުމަށް ރޭވުންތައް ރޭވި އެއް މަރުކަޒެވެ.
''ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ'' ގައިވާ ގޮތުން ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަކީ އޭގެކުރީގައި ވެސް ދައުލަތާ ދެކޮޅަށް ބަޣާވަތްތައް ހިންގަން ރާވާފައިވާ މީހެކެވެ. މީގެއިތުރުން ދިވެހި ފައިސާ ވަގަށް ޖެހުމަށް ރޭވި ރޭވުމެއްގައި ވެސް އޭނާ ބައިވެރިވިއެވެ.

''މި މައްސަލަތަކާ ގުޅޭ ގޮތުން ކުރެވުނު ތަޙްޤީޤުގައި ބަނގުރާ ބުއިކަމަށް ވެސް އޮތީ އިޢުތިރާފުވެފައެވެ. މި ކުށްތަކުގެ އަދަބެއްގެ ގޮތުން މީނާ ވަނީ 13 އަހަރަށް އަރުވާލައި 40 އެތިފަހަރުން ހައްދު ޖަހައިފައެވެ. އެއީ 1986 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.''

މި މައްސަލާގައި އޭނާ އަރުވައިލީ ހދ.ނޮޅިވަރަމްފަރަށެވެ.
1968 ގައި ބަނގުރާ ބޯ ކަމަށް ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އިއުތިރާފުވެފައިވާއިރު, 1986 ވަނަ އަހަރުގެ މެދުތެރޭގައި ވިލުދޮޅީގައި އޭނާ ބަނގުރަލުގެ ޕާޓީ ކުރުމުން އޭނާއަކީ ބަނގުރާ ބުއިމަށް ވަރަށް ރަނގަޅަށް ދެވިހިފާފައިވާ މީހެއްކަން ހާމަވެއެވެ.
މީގެއިތުރުން ވެސް ތަފާތު މައްސަލަތަކުގައި އޭނާގެ މައްޗަށް އެކި ކަހަލަ ހުކުމް ކުރެވިފައިވެއެވެ. ނޮވެމްބަރު 3 ގެ ހަމަލާގެ މައްސަލާގައި އޭނާއަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމަށް ތިން އަހަރު ވެސް ނުވަނީސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އޭނާއަށް މާފުދެއްވައި ބަންދުން ދޫކޮށްލެއްވީއެވެ.
ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕައެވެ.

ކުދި ސޯބުން އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކަމަށް ބުނާއިރު, ބަނގުރާ ވިއްކި ކަމުގެ ކުށް ރައީސް އިބްރާހިމްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. ރައީސް އިބްރާހިމްގެ މައްޗަށް އެ ކުށް ސާބިތުވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ދެ މަސް ފަހުން 1989 ޖަނަވަރީ 25 ގައެވެ. މި މައްސަލާގައި ހުކުމްކުރީ 6 މަސް ދުވަހަށް އަރުވައިލުމަށެވެ.

މި ލިއުމާއި ގުޅޭ