Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިކަރަންޓު ޚަރަދު

ސަރުކާރުގެ ދަތުރު ހަރަދު 167 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ދަތުރު ހަރަދުތަކަށް 167 މިލިއަން ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ފެށުނިއްސުރެ މި މަހު 14 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 167.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 153.4 މިލިއަން ރުފިޔާއެވެ.
މިއަހަރު ދަތުރުތަކަށް މުޅި ޖުމުލަ ބަޖެޓުކޮށްފައިވަނީ 210.2 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ދަތުރުތަކަށް ޚަރަދުކުރާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރިވަރަށް ވުރެ އެތަށް މިލިއަނެއް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައިވެއެވެ.
ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ޚަރަދެއްކޮށްފައިވާއިރު, ރައީސް އިބްރާހިމް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ ފައިސާ ބޭނުންކުރާ ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.
ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހިމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ