Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓު ނަގަން ގޮވައިލާ ގަރާރު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބަލަން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އެކަމަކު ޕާޓީތަކުގެ މަޝްވަރާއަށްފަހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ގަރާރު ފާސްކުރީ އެތާރީހު އަވަސްކޮށް، އޮކްޓޯބަރު 30، ގެ ކުރިން ވޯޓު ނަގަން ގޮވައިލާ އިސްލާހަކާއެކު އެވެ.
މިއަދު އެ ގަރާރު މުޅި މަޖިލީހުން ފާސްކުރުމުން ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ތަޅުމުން ފާސްކުރުމެވެ.
މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސް އިން ކުރި ޝަރުތަކީ ވެސް ދެވަނަ ބުރުގެ ކުރިން، މި މަހު ނިޒާމީ ވޯޓެއް ނެގުމެވެ.
އެކަމަކު އެކަމަށް އިންކާރުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހައްލަކީ އިންތިހާބަށް ފަހު، ނޮވެމްބަރުގައި ނިޒާމީ ވޯޓު ނަގަން ހަމަޖެއްސުމެވެ. އެކަމަށް ޑިމޮކެރްޓްސް އިން އެއްބަސް ނުވި އެވެ. ޑިމޮކްރެޓްސް އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކުރީ މި މަހު 28 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.
އެމްޑީޕީން ގޮތް ދޫކޮށް، ރާއްޖޭގައި ވެރިކަން ހިންގާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމަކުންތޯ ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ޑިމޮކްރެޓްސް އިން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަންނަން އިއްޔެ ފާސްކުރީ އޭގެ ފަހުންނެވެ.
މި ލިއުމާއި ގުޅޭ