Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ބަޖެޓު ދަރަނި 8 ބިލިއަނަށް އަރައިފި

ދިވެހި ދައުލަތުގެ ބަޖެޓު ދަރަނި 8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ދަރަނި ވަނީ 8 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެ މުއްދަތުގައި 23.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު 31.2 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވެއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގެ ބަޖެޓު ދަރަންޏަކީ 5.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު ބަޖެޓު ދަރަނި ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާއިން މިވަނީ އިތުރުވެފައެވެ.

ޚަރަދު ބޮޑުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު އިތުރުވުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި ޚަރަދުކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކެއް ހިމެނިއެވެ.
އެގޮތުން އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް އާސަންދައިގެ ނިޒާމަށް ގެންނަ އިސްލާހުތަކަކާއި، ސަބްސިޑީގެ އުސޫލަށް ގެންނަ އިސްލާހުތަކެއް ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒުނުކުރެއެވެ.

ބަޖެޓު ދަރަނި އަތް ނުފޯރާ ހިސާބަށް އަރާފައިވާ އިރު ސަރުކާރުން މިހާރު ދަނީ އަަހަރު ނިމުމުގެ ކުރިން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

މި ލިއުމާއި ގުޅޭ