Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރުގެ މަޝްރޫޢުތައް

ގަލޮޅު ފުޓުބޯޅަ ސްޓޭޑިއަމް އެޅުމަށް 12.5 މިލިއަން ރުފިޔާ ޚަރަދުކޮށްފި، ކުރެވުނު މަސައްކަތެއް ނެތް!

ގަލޮޅު ފުޓުބޯޅަ ސްޓޭޑިއަމް ބިނާކުރުމަށް މި ސަރުކާރުން މިހާތަނަށް 12.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ މައި ފުޓުބޯޅަ ސްޓޭޑިއަމް ކަމަށްވާ ގަލޮޅު ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކަމުގައި ބުނެ، 12،518،274 (ބާރަ މިލިއަން ފަސްލައްކަ އަށާރަހާސް ދުއިސައްތަ ހަތްދިހަ ހަތަރު) ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެފައިވެއެވެ. ނަމަވެސް މި މަސައްކަތް ކުރުމަށް މިހާތަނަށް އަމަލީ ގޮތުން ކުރެވުނު އެއްވެސް މަސައްކަތެއް ފެންނާން ނެތެވެ.

ގަލޮޅު ސްޓޭޑިއަމުގެ މަސައްކަތްކުރަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައެވެ. އެ މަޝްރޫޢު ހިންގާނެކަން ސަރުކާރުން އިއުލާނުކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު އެ ސްޓޭޑިއަމުގެ އެއްވެސް މަސައްކަތެއް ކުރެވިފައިނުވެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލުމަށްފަހު، އެތަނުގައި އަޅަން ނިންމާފައިވާ އުންމީދުތަކުން ފުރިގެންވާ އައު ގަލޮޅު ދަނޑުގެ ކުރެހުން މިނިސްޓަރު މަހްލޫފް ދައްކާލީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ފުޓުބޯޅަ ދަނޑު ތަޅާލައި، ތަރައްގީކުރުމަށް ނިންމިއިރު، އެކަމާއި ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރައްވަނީ ކޮންއިރަކުތޯ އޮޅުންފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްގެ އެދިލެއްވުމަކަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ހާޒިރު ކުރިއެވެ.
ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އެދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވެފައިވަނީ، ގަލޮޅު ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށެވެ.

ގާތްގަނޑަކަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ މި ޕްރޮޖެކްޓް ނިމުމުން ރަނގަޅު ފެންވަރުގެ ދަނޑެއް ހެދިގެންދާނެ ކަމަށް މަހްލޫފް އެދުވަހުގެ ޖަލްސާގައި ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ނުކުރެވޭ ވާހަކަ "ދިޔަރެސް"އިން ޖުލައި މަހުގައި ރިޕޯޓުކުރުމުން މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ އޯގަސްޓު މަހުގެ ތެރޭގައި ގަލޮޅު ދަނޑު ތަޅާލައި ބިނާކުރުމުގެ މަސައްކަތް އޯގަސްޓު މަހުގައި ފެށިގެންދާނެ ކަމަށެވެ. ނަމަވެސް އޯގަސްޓު މަސް ނިމުނުއިރުވެސް ގަލޮޅު ދަނޑުގެ އެއްވެސް މަސައްކަތެއް ފެށިފައިނުވެއެވެ.

ގަލޮޅު ދަނޑުގެ އިތުރަށްވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ތަފާތު މަޝްރޫޢުތައް ހިންގުމަށް އެއްބަސްވެފައިވެއެވެ. އެގޮތުން ހުޅުމާލޭގައި ކުރިކެޓު ސްޓޭޑިއަމެއް އެޅުމާއި، ޤައުމީ ނެޓްބޯޅަ ސެންޓަރަކާއި ޓެނިސް ސެންޓަރެއް ތަރައްޤީކުރުމަކީ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކެވެ.

މި ލިއުމާއި ގުޅޭ