Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

ސިފައިންނަށް ބިރުދައްކާ ވާހަކަ ރިޕޯޓުކުރުން މާރިޔާ ސިފަކުރެއްވީ ސަފުތައް ރޫޅާލުން ގޮތުގަ

ދިވެހި ސިފައިންގެ އިންޓެލިޖެންސްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަ ޖެނެރަލް އަބްދުالله ޒުހުރީ ސިފައިންނަށް ބިރުދައްކާ ވާހަކަ ރިޕޯޓު ކުރުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ނުރުހުން ފާޅުކުރައްވައިފި އެވެ.
މައުލޫމާތު ލިބިިފައިވާ ގޮތުގައި އިންޑިއާ އާއި ގާތް ގުޅުމެއް އޮންނަ ޒުހުރީ، އާންމު ނަމުން ނަމަ ޒޫޓް ދަނީ އެކި ރޭންކުތަކުގެ ސިފައިން ހާޒިރުކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް އަންގައި, ވޯޓު ނުދޭ ފަރާތްތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންނެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ.
އެކަން "ދިޔަރެސް" އިން ރިޕޯޓު ކުރުމުން، ރައީސް އިބްރާހީމްގެ ކެމްޕެއިން ތަރުޖަމާނުކަން ވެސް ކުރައްވާ މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި އެ ހަބަރު ރިޕޯޓު ކުރުމަކީ ސިފައިންގެ ސަފުތައް ރޫޅާލަން މަސައްކަތް ކުރުމުގެ ގޮތުގައި މާރިޔާ ސިޔަކުރެއްވި އެވެ.
"ސިފައިންގެ ވެރިންނޭ ކިޔައިގެން ތިޔަ ހަދަ ދޮގުތައް ހުއްޓާލައި، ސިފައިންގެ ސަފުތައް ރޫޅާލަން ކުރާ މަސައްކަތް ކުށްވެރި ކުރަން. އެމީހުންނަކީ ރައްޔިތުންނަށް ކަމެއް ދަމެއް ބޮޑުވެއްޖެނަމަ ނުކުމެ އެހީތެރިވާން ތިބި ޕްރޮފެޝަނަލް ބައެއް،" މާރިޔާ ވިދާޅުވި އެވެ.
ނޫސްވެރިން ދިވެހި ސިފައިންގެ ސަފުތައް ރޫޅާލަން އުޅޭ ކަމަށާއި އެބޭފުޅުންނަކީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ބައެއް ކަމަށް މާރިޔާ މިއަދު ވިދާޅުވި އިރު، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމުން، އެކަމުގެ ޖަޒުބާތުގައި އެމްޑީޕީއިން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވަމުން ދިޔަ ޖަލްސާތަކުގައި މާރިޔާ ވަނީ ދިވެހި ސިފައިންނަކީ ފިނޑި ފިނދަނަ ތަކެކެއް ކަމަށް ބުނެ ވާހަކަދައްކަވާފަ އެވެ.
އަދި 3 ނޮވެމްބަރު ގައި ދިވެހި ސިފައިން ބިރުން ފިލީ ކަމަށާއި ރާއްޖެ ސަލާމަތްކުރީ އިންޑިއާ ސިފައިން ކަމަށް ބުނެ ދިވެހި ސިފައިންގެ ގަދަރާއި ކަރާމަތަށް އުނިކަން އަންނަ ގޮތަށް މާރިޔާ ވާހަކަ ދައްކާފައިވެ އެވެ.
ޖެނެރަލް ޒުހުރީ ސިފައިންނަށް ބިރުދައްކަމުން ދާއިރު މީގެކުރިން ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރު މުއިއްޒު މުސްތަފާވެސް ވަނީ އެ ޔުނިޓުގެ ސިފައިން ހާޒިރުކޮށް ރައީސް އިބްރާހީމަށް ވޯޓުދިނުމަށް އަންގާފައެވެ. އަދި ރައީސަށް ތާއީދު ނެތްކަމަށް ބުނި ބޮޑީގާޑަކަށްވެސް ވަނީ ފިޔަވަޅު އަޅާ ވަޒީފާއިން އެކަހެރިކޮށްފައެވެ.
މި ލިއުމާއި ގުޅޭ