Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

ސިވިލްކޯޓްގެ އިސް ޤާޟީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ސިވިލްކޯޓްގެ އިސްޤާޟީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.

ނިމާލު އަވަހާރަވީ ރޭ ދަންވަރު 12 ޖަހާކަށް ހާއިރު، ފަރިއްކުޅުއްވި ތަނާ ކުއްލި އަކަށް ގޭސް ސްޓްރިކް ވެގެން ކަމަށް ދިޔަރެސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދެން އޭގެ ފަހުން ނޭވާ ހާސްވެ ކުއްލިއަކަށް ވިންދު ހުއްޓުމުން ފަރުވާއަށް ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އަވަހާރަ ވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރެވެ.
ގއ.މާމެންދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު ނިމާލުގެ ކަށުނަމާދު އޮންނާނީ ހުޅުމާލެ ސަހަރާ މިސްކިތް ( މަސްޖިދު ޒައިދު ބިން ޘާބިތު ) ގައި މިއަދުގެ މެންދުރު ނަމާދަށް ފަހުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވަވާށިއެވެ. އަދި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

މި ލިއުމާއި ގުޅޭ