Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

އޭއެފްސީ ކަޕް: މާޒިޔާ އިން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކޮށްފި

އޭއެފްސީ ކަޕްގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން, ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކޮށް މޮޅަކާއެކު ފަށައިފިއެވެ.

މިއަދު ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް މާޒިޔާއިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މިއީ ރާއްޖޭގެ ޓީމަކުން ބަޝުންދަރާގެ މައްޗަށް ކުރިހޯދީ ފުރަތަމަ ފަހަރެވެ. އޭގެކުރީން، މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ ފަހަރު ވެސް ބަޝުންދަރާ ވަނީ މޮޅުވެފައެވެ.

މާޒިޔާ އިން މިއަދުގެ މެޗަށް ނިކުތީ އެ ޓީމުގައި ހިމެނޭ ބިދޭސީ ހަ ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ނާއިޒް ހަސަން (ދާދު) ފެށީ ބެންޗުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާ އިން ލީޑުނެގީ 15 ވަނަ މިނެޓުގައި އެ ޓީމުގެ ސާބިއާ ފޯވާޑް، ވޮޖިސްލާފް ބަލަބަނޮވިޗް ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ ބަޝުންދަރާގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފް ނިމުނީ މާޒިޔާ ކުރީގައި އޮވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާގެ ލީޑް ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުގައި ހުރެ އެއްފަހަރުން ފޮނުވާލައިގެން ޗޯޓު ކާމިޔާބުކުރި ގޯލެކެވެ.

މާޒިޔާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ދާދު ދިން ހިތްގައިމު ޕާހަކުން މިލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ. މި ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް، ބަޝުންދަރާގެ މުޙައްމަދު އިބްރާހިމް ވަނީ އެޓީމަށް ސުން ކަނޑުވާލަދީފައެވެ.

މި މުބާރާތުގައި މާޒިޔާ އަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އިންޑިއާގައި މޯހަން ބަގާންއާ ބައްދަލުކުރާ މެޗެވެ.

މި ލިއުމާއި ގުޅޭ