Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

މަޖިލީހުގެ މައިނޯރިޓީ ގެއްލުނަސް ސަރުކާރު ޖަވާބުދާރީކުރުވުމުގައި ދެމި ތިބޭނަން: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ގެއްލުނު ނަމަވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއަށް ގެއްލި ޑިމޮކްރެޓްސްއަށް ލިބިފައިވާކަން މަޖިލީހުގައި މިއަދު އިއުލާނުކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިނޯރިޓީ ލީޑަރުކަން ގެއްލުނަސް މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެނެސް ޒިންމާދާރުކަމާއެކު އެ ޒިންމާ އަދާކުރަމުން ގެންދާނެކަމަށެވެ.

އަދި އެކަން ކުރުމުގައި ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުން ތިބީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯދުމަށް ތައްޔާރަށް ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރަން ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް، އެވެރިން ތިބީ އިބޫ ނޫން ގޮތެއް ހޯދަން ތައްޔާރަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ 56 މެންބަރުންނާއެކު ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށެވެ. ފަސް މެންބަރުންނާއެކު މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތީ ޕީޕީއެމްއެވެ.

މިއަދު ރައްޔިތުންގެ މަޖިލީސް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ 10 މެންބަރަކު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާކަން މަޖިލީހަށް އަންގާފައިވާކަން އިއުލާނު ކުރައްވާފައެވެ.

އެ ބަދަލާއި ގުޅިގެން މަޖިލީސްގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިއާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މި ލިއުމާއި ގުޅޭ