Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ދެވަނަ ބުރާ ދިމާކޮށް، އަނެއްކާވެސް ޑރ. މުއިއްޒާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ލިބޭ "އާސްކް މުއިއްޒު" ގެ ދެވަނަ ޕްރޮގުރާމެއް މިރޭ ކުރިއަށްގެންދަން 'ސަންގު' ޓީވީން ނިންމައިފި އެވެ.
މި މަހު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށް، މި މަހު ހަވަނަ ދުވަހުގެ ރޭ ވެސް "އާސްކް މުއިއްޒު" ޕްރޮގުރާމު ސަންގު ޓީވީން ކުރިއަށްގެންދިޔަ އެވެ.
އެ ޕްރޮގުރާމުގައި އާންމުން ބޭނުން ސުވާލެއް ސީދާ ޑރ. މުއިއްޒުއާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ވަގުތުން އާންމުންގެ ސުވާލުތަކަށް ޑރ. މުއިއްޒު ޖަވާބު ދެއްވާނެ އެވެ.
މިރޭ އޮންނަ ޕްރޮގުރާމުގައި ސުވާލުކުރަން ބޭނުންވާ މީހުން ނަން ނޯޓު ކުރަން އެސްއެމްއެސް ކުރާނީ، "SE" ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު askmuizzu ޖައްސަވައި ނަމާއި އުމުރާއި ރަށް ޖެއްސެވުމަށްފަހު ފޮނުއްވާނީ 3366 ނަންބަރަށެވެ.
ވަގުތު އޮތް މިންވަރަކުން މީހުންނަށް ސަންގު ޗެނަލުން ގުޅާނެކަމަށް އެ ޗެނަލުން ބުނެފައިވެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓާއެކު (%46) ކުރި ހޯއްދެވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 38 ޕަސެންޓު ވޯޓެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ނުހޯއްދެވުމުން އިންތިހާބު ދިޔައީ ދެވަނަ ބުރަކަށެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހު 30ގަ އެވެ.

މި ލިއުމާއި ގުޅޭ