Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެރޫ

ޕެރޫގެ ވެރިރަށުގެ ބައެއް ހިސާބުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ލީމާ (ސެޕްޓެމްބަރު 19) - ޕެރޫގައި ކުށްކުރުން އިތުރުވުމާ ގުޅިގެން ވެރިރަށުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ޕެރޫގެ ރައީސް ދީނާ ބޮލުއާޓޭ ވިދާޅުވީ، ކުށްކުރުން އިތުރުވެފައިވާ ތިން ޑިސްޓްރިކްޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށާއި އެއީ ސަލާމަތީ ކަންކަން ތަންފީޒުކުރުމަށް އަސްކަރިއްޔާއަށް އެހީތެރިވެދޭނިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ވެރިރަށް ލީމާގެ ސެން ޖުއާން ޑި ލޫރިގަންޗޯ އާއި ސެން މާޓިން ޑި ޕޯރާސް ޑިސްޓްރިކްޓްތަކާއި އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ ތަލާރާގައެވެ. މި ފިޔަވަޅުގެ ބޭނުމަކީ "ކުށާއި އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް ފްރަންޓަލް ފައިޓެއް" އުފައްދަން ކަމަށް ބޮލުއާޓޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބޮޑުވަޒީރު އަލްބާޓޯ އޮޓަރޯލާ ވިދާޅުވި މި ފިޔަވަޅަކީ ގޭގެ އިންވޮލެބިލިޓީ ފަދަ މަދަނީ ހައްގުތައް ސަސްޕެންޑްކުރާ ފިޔަވަޅެކެވެ.

ފާއިތުވި ދުވަސްތަކުގައި ސެން ޖުއާންގައި ދިން ހަމަލާތަކުގެ ތެރޭގައި ނައިޓްކްލަބަކަށް ގްރެނޭޑެއް އެއްލައިގެން ދިން ހަމަލާއާއި އަދި އެތާ ކައިރީގައި ދިން އިތުރު ގްރެނޭޑް ހަމަލާއެއްގައި 15 މީހުން ޒަހަމްވި ކަމަށް ފުލުހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ލީމާގެ ފުލުހުންނަށް ހުށަހެޅުނު ކްރައިމް ރިޕޯޓް ތައް މިދިޔަ އަހަރު ގާތްގަނޑަކަށް 160،200 އަށް އަރާފައިވާއިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ 120،350 އަށް އަރާފައި ކަމަށް އެ ގައުމުގެ އޮމްބަޑްސްޕާސަން އޮފީހުން ބުނެ އެވެ.
ފަހަކަށް އައިސް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފުލުހުންނަށް ކުށްކުރުން ހުއްޓުވުމަށް އެހީތެރިވުމަށް ސިފައިންވެސް ނުކުތުމަށް އަންގާފައެވެ. ކަނާތު ފިޔައިގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެލް ސަލްވަޑޯގެ ރައީސް ނާއިބް ބުކެލޭ އެޅުއްވި ފަދަ ހަރުކަށި ފިޔަވަޅުތަކެއް ވެސް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް ޕެރޫގެ ސަރުކާރުން ވަނީ އެފަދަ ފިޔަވަޅުތައް އެޅުމަށް ދެކޮޅު ހަދާފައެވެ.
މި ލިއުމާއި ގުޅޭ