Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދެވަނަ ބުރާ ދިމާކޮށް، ކައުންސިލުތަކުގެ މުވައްޒަފުންނަށް %35 އެލަވެންސް ދޭން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް ލޯކަލް ކައުންސިލުތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް %35 އެލަވެންސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް %35 އެލަވެންސް ލިބޭއިރު، ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ ސިވިލް ސާވެންޓުންނަށް އެ އިނާޔަތް ނުލިބުމުގެ ޝަކުވާއަކީ ކުރިއްސުރެ ކައުންސިލުތަކުން ކުރަމުން އަންނަ ޝަކުވާއެކެވެ.

އެގޮތުން މި އަހަރުގެ އޭޕްރީލް މަހުގައި 58 ކައުންސިލަކުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދައުލަތުގެ ވުޒާރާތަކުގެތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވާކަމަށާއި ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ 35 އިންސައްތަ އެލަވެންސެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް އެފަދަ އެލަވަންސްތައް ނުލިބި މުސާރާއިގެ ފަރަގު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިލް ސާރވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއްކަމުގައި އެ އިދާރާތަކުން ދެކޭކަމަށެވެ.

ނަމަވެސް އެއިރު ކައުންސިލުތަކުން ނެރުނު ބަޔާނަށް ސަރުކާރުން އެއްވެސް އިޖާބައެއް ދީފައިނުވެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، ދެވަނަ ބުރުގައި ގިނަ ވޯޓުތަކެއް ހޯދުމަށް ސަރުކާރުން އަންނަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެކިކަހަލަ ނަހަމަ އަމަލުތައް ހިންގަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓްރީތަކުގެ ސިވިލް ސާވިސް މުވައްޒަފުންނެކޭ އެއްފަދައިން ކައުންސިލުތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށްވެސް %35 އިނާޔަތް/އެލަވެންސް އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފި ކަމަށެވެ.

އޭގެ އިތުރަށް ރައީސް އިބްރާހީމްވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން މިހާރު މުސާރަ ބޮޑުކޮށްފައިނުވާ ހުރިހާ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފުންގެ މުސާރަ %40 އަށް ބޮޑުކުރައްވާނެކަންވެސް އިއުލާނުކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ