Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

ރައީސް ކެމްޕެއިނުން ފެނިގެން ދިޔައީ ބާރުގައިހުރުމަށް ދައުލަތެއް އެއްކޮށް ލޫޓުކޮށްލިތަން: އީވާ

ސަރުކާރު ހިންގާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިނުގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ ދައުލަތެއް އެއްކޮށް ލޫޓުކޮށްލިތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އީވާ ވިދާޅުވީ ރައީސް އިބްރާހިމްގެ ވެރިކަމުގެ ފަސް އަހަރުގެ ހަސީލަތަކަށް އޮތީ އިސްރާފާއި ކިބުރުވެރިކަމާއި ވައްކަމާއި ފިތުނައާއި ނާގާބިލުކަން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި ފަސް އަހަރުގެ ތެރޭގައި ނޭނގުމާއި ކިބުރުވެރިކަން ޖަމާވުމުގެ ނަތީޖާ ފެނިގެން ގޮސްފައިވެއެވެ.

"މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ފެނުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިހުލާސްތެރިކަން އެ މާރުކުރީ ސަނާކިޔުމަށް. ތެދުވެރިކަން އެ މާރުކޮށްލީ އާނބަހަށް. އެކުވެރިކަން މާރުކޮށްލީ ބާރަށް،" އީވާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް އިބްރާހިމްއަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 38 ޕަސަންޓް ލިބިވަޑައިގަތީ އެކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މީގެއިތުރުން ރައީސް އިބްރާހިމް ބާރުގައި ހުންނެވުމަށް ކެމްޕޭންގެ ތިން މަސް ދުވަސް ދައުލަތެއް އެއްކޮށް ލޫޓުކޮށްލިތަން ފެނުނުކަން ފާހަގަކުރައްވާ އީވާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ތާއީދެއް ނެތް، ނާގާބިލު ވެރިއަކު، ވެރިކަމުގައި ހުރުމަށްޓަކާ ސިޔާސީ ޕާޓީއަކާ ސަރުކާރު ހިންގާ ސިޔާސީ ޕާޓީވެގެން މުޅި ދައުލަތެއް ލޫޓުކޮށްލާ ހިސޯރުކޮށްގެން އުޅޭތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" އީވާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ