Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ނިޒާމީ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން ނިންމައިފި

ނިޒާމީ ވޯޓާ ބެހޭ ގަރާރުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންދަން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ، ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ނިޒާމީ ގަރާރުގެ ބަހުސް ފެށުމުގެ ކުރިން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ.
މަޖިލީހުގެ ކޯރަމް ހަމަނުވެގެން ދެ ދުވަހު ބުރަ މަސައްކަތް ބޭކާރުވީކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއަދު ނިޒާމީ ގަރާރުގެ މަސައްކަތް ނިންމާލުމަށް ގަސްދުކުރައްވާ ކަމަށެވެ.
"ދެން އަޅުގަނޑު ޖަލްސާ ނިންމާލާކަށް ވެސް ގަސްދެއް ނުކުރަން. މިހެން އަޅުގަނޑު މި ދެންނެވީ ޖަލްސާ ފެށުމަށްޓަކާ އަޅުގަނޑު ދެ ދުވަހު ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން.. އަޅުގަނޑު ގަސްދު ކުރަނީ ދެން މި ޖަލްސާ ނުނިންމާ މި މަސައްކަތް ނިމޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔުން،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވާދަކޮށް 15،000 އެއްހާ ވޯޓު ހޯދި އެވެ. މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަށް އެ ޕާޓީން ކުރި ޝަރުތަކީ ވެސް ދެވަނަ ބުރުގެ ކުރިން، މި މަހު 25 ގައި ނިޒާމީ ވޯޓެއް ނެގުމެވެ.
އެކަމަކު އެކަމަށް އިންކާރުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހައްލަކީ އިންތިހާބަށް ފަހު، ނޮވެމްބަރުގައި ނިޒާމީ ވޯޓު ނަގަން ހަމަޖެއްސުމެވެ. އެކަމަށް ޑިމޮކެރްޓްސް އިން އެއްބަސް ނުވި އެވެ.
ވެރިކަން ލިބިގެން ރައީސް އިބްރާހީމް ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެގެން ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކު މިހާރު ގަބޫލު ނުކުރާނެކަމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އެ ޕާޓީން އެދުނު ގޮތަށް އެއްބަސް ނުވުމުން ޑިމޮކްރެޓްސް އިން ނިންމީ އެމްޑީޕީއަށް ތާއީދު ނުކުރުމަށެވެ.
މި ލިއުމާއި ގުޅޭ