ކެނެޑާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުރި ކެނެޑާގެ މަތީ ފަންތީގެ ޑިޕްލޮމެޓެއް އިންޑިއާއިން ފައިބަން މޯދީގެ ސަރުކާރުން މިއަދު އަމުރުކޮށްފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައިބުނީ ކެނެޑާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިއަދު ހާޒިރުކޮށް އިންޑިއާއަށް ކެނަޑާއިން ކަނޑައަޅާފައި ހުންނެވި މަތީ ފަންތީގެ ޑިޕްލޮމެޓެއް އިންޑިއާއިން ބޭރުކުރަން އިންޑިއާ ސަރުކާރުން ނިންމިކަން އަންގާފައި ވާނެކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ޑިޕްލޮމެޓު އިންޑިއާ އިން ފުރައިގެން ދިއުމަށް ވެސް ވަނީ އަންގާފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ނިންމުމުން ދޭހަވާ އެއްކަމަކީ އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާގައި ތިއްބަވާ ކެނަޑާ ޑިޕްލޮމެޓުން ވަދެވަޑައިގަންނަވާތީ އިންޑިއާ ސަރުކާރުން ކަންބޮޑުވާ މިންވަރު ކަމަށެވެ. އަދި ކެނަޑާ ޑިޕްލޮމެޓުން އިންޑިއާއާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އޮތް ނުތަނަވަސްކަން އެ ނިންމުމުން ފެންނަ ކަމަށެވެ.