މީގެ ދެ ދުވަސް ކުރިން ޒުވާނަކު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހަށް ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ހެނދުނު ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ގެއްލިގެން ހޯދަމުން އަންނަނީ ހދ.މަކުނުދޫ، ސިތާރާމަންޒިލް، އުމުރުން 28 އަހަރުގެ ނާޒިފް އަބްދުއްސަރެވެ. އޭނާ އެންމެ ފަހުން ފެނުނީ ހިނގަމުންދާ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގައިކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރީ އިއްޔެއެވެ. އެންމެ ފަހުން އޭނާ ފެނުނުއިރު ހުރީ ރޫ ޖަހާފައިވާ ގަމީހަކާއި ސޯޓެއް ލައިގެންކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ގެއްލުނުއިރު އޭނާ ދިރިއުޅެމުން އައީ މާލޭގައެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް ފުލުހުންނާ އެ މައުލޫމާތެއް ހިއްސާކުރުމަށް އެ ޚިދުމަތުން އެދިފައިވެއެވެ.
ނާޒިފާ ގުޅޭ މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުސް ސްޓޭޝަނުގެ ނަންބަރު 9393351 ނަންބަރަށް ގުޅައި އެ މައުލޫމާތެއް ފުލުހުން ާހިއްސާކުރުމަށް އެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.