Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗެކް ރިޕަބްލިކް

ހުޅަނގަށް ތާއީދު ކުރުމާ ދެކޮޅަށް ޗެކްރިޕަބްލިކްގެ ގިނައަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެއްޖެ

ހުޅަނގަށް ތާއީދުކުރާ ޗެކް ރިޕަބްލިކްގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ގައުމުގެ ގިނަޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުމެއްޖެއެވެ.
ސަރުކާރާ އިދިކޮޅު މައި ޕާޓީގެ އެތައް ހާސް ސަޕޯޓަރުން ހޮނިހިރު ދުވަހު ޕްރާގްގެ މެދުތެރެއަށް އެއްވެ، ހުޅަނގަށް ތާއީދުކުރާ ސިޔާސަތުތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރުން އިސްތިއުފާ ދިނުމަށް ވަނީ ގޮވާފައެވެ.
ޕްރާގްގެ ވެންސެސްލަސް ސްކޮއާގައި ބޭއްވި މި އެއްވުމުގައި ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވި ކަމަށް ރޮއިޓާސް އިން ބުނެއެވެ. ނަމަވެސް ޕީއާރުއޯ ޕާޓީން ބުނަނީ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި މިއީ ޕޮޕިއުލިސްޓް ޖަމާއަތުން މި އަހަރު ބޭއްވި މިފަދަ ތިން ވަނަ މުޒާހަރާ ކަމަށެވެ.
އެ ޕާޓީގެ ވެރިޔާ ޖިންދްރިޗް ރާޖްޗްލް ވަނީ ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު ޕެޓްރް ފިއާލާ އިސްވެ ހުންނަވާ ފަސް ޕާޓީގެ ވެރިކަން ކުރާ ކޯލިޝަނުން "ބްރަސަލްސްގެ އަމުރަށް ތަބާވަމުންދާ" ކަމަށް ވިދާޅުވެ، ޔޫކްރެއިނަށް ސަރުކާރުން ދެމުން ގެންދާ އަސްކަރީ ތާއީދާއި އެމެރިކާއާ އޮންނަ ގާތް ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޕަޕެޓް ސަރުކާރެއް ދެން އަޅުގަނޑު ބޭނުމެއް ނޫން،" ޔޫކްރެއިން އިން ނޭޓޯއާ ގުޅެން ކުރާ ކޮންމެ މަސައްކަތެއް ޗެކް ރިޕަބްލިކުން ވެސް ވީޓޯ ކުރަން ޖެހޭ ކަމަށް ރަޖްލް ވިދާޅުވި އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ވަނީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ބްލޮކުން ޕްރާގް ވަކިވުމަށް ގޮވާލައިފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ މި ސަރުކާރުން އިންފްލޭޝަން އާ މެދު އަމަލުކުރަމުން އަންނަ ގޮތާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓެކްސް އަށް ގެނައި ބަދަލުތަކާއި ޕެންޝަން އެޑްޖަސްޓްމަންޓާއި އޮޓޯމޯޓިވް އިންޑަސްޓްރީގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ޕީއެމް ފިއާލާގެ ދަށުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ މެދު ވެސް މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޗެކް ސަރުކާރުން އެގައުމުގެ ރައްޔިތުންގެ މަސްލަހަތު ތަމްސީލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ރާޖްޗްލް ވަނީ އެ ގައުމުގެ އިޖުތިމާއީ އަދި ސިއްހީ ނިޒާމުގެ ގާބިލުކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެންމެ ފަހުން އޭޕްރީލް މަހު ޕީއާރުއޯ ޕާޓީން މިފަދަ މުޒާހަރާތަކެއް ބޭއްވި އިރު، މުޒާހަރާގެ ބައިވެރިން ވަނީ އަމިއްލަ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ޔޫކްރެއިންއަށް ރަޝިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމަށް ގިނަ ވަސީލަތްތަކެއް ހާއްސަކޮށްފައިވާ ކަމަށް ބުނެ ޗެކް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭރު މުޒާހަރާގެ ބައިވެރިން ވަނީ އެ ގައުމުގެ ލީޑަޝިޕްގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.
މޮސްކޯއާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ކިއޭވްގެ އެންމެ ގާތް އެއް އެކުވެރިޔާއަކީ ޕްރާގް އެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހަނގުރާމަފެށި ފަހުން ޗެކް ރިޕަބްލިކުން ވަނީ ޔޫކްރެއިންއަށް ޓޭންކްތަކާއި ރޮކެޓް ލޯންޗާތަކާއި ހެލިކޮޕްޓަރުތަކާއި އާޓިލަރީ ހަތިޔާރުތަކާއި އެހެނިހެން އަސްކަރީ އެހީތައް ފޯރުކޮށްދީފައެވެ.
ޔޫރޯނިއުސް އިން މި އަހަރުގެ ކުރީކޮޅު ނެރުނު ރިޕޯޓެއްގައި ވާގޮތުން ޔޫކްރެއިންގެ ރެފިއުޖީންގެ އަދަދު 460،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން ތިން ލައްކަ އެއްހާ ރެފިއުޖީން އަދިވެސް ޗެކްގައި ދިރިއުޅެ އެވެ.
މި ލިއުމާއި ގުޅޭ