Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

ބުދައިގެ ކުރިން ޝަރުތުތަކަށް އެއްބަސްނުވާނަމަ އެއްވެސް ކޮޅަކަށް ނާރަން ޑިމޮކްރެޓްސްއިން ފާސްކޮށްފި

ދަ ޑިމޮކްރެޓްސްއިން ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްނުވެވޭނަމަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސްއިން މިރޭ ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޙައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އަންނަ ބުދަ ދުވަހުގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާ މަޝްވަރާ ކުރުމަށެވެ.

މީގެއިތުރުން ޕީޕީއެމްއާއެކު ސަރުކާރު އުފެއްދުމަށްޓަކައި އެ ސަރުކާރުގައި ޑިމޮކްރެޓްސް ހިއްސާވާ މިންވަރާއި އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭ މިންވަރު ބަޔާންކުރާ ލިޔުމެއްގައި އަންނަ ބުދަ ދުވަހުގެ ކުރިން ސޮއިކުރަން އެއްބަސްވާނަމަ ޕީޕީއެމްއާއެކު މަޝްވަރާ ކުރުމަށެވެ.

އަދި މިއިން އެއްވެސް ކަމަކަށް ދެ ޕާޓީން ވެސް އެއްބަސް ނުވާނަމަ އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށެވެ.

މި ގަރާރަށް ކުރެވުނު ބަހުސްތަކަށްފަހު ވޯޓަށް އެހުމުން 50 މެންބަރުންގެ ތާއީދާއެކު ވަނީ ގަރާރު ފާސްވެފައެވެ.
މި ލިއުމާއި ގުޅޭ