އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާލޭގައި މި ފަހުން ބޭއްްވި ތިން ޖަލްސާއަށް ދިޔައީ ހަމަ އެއްބައެއް ކަމަށް ދިޔަރެސްއަށް ފާހަގަކުރެވިއްްޖެއެވެ.
ދެވަނަ ބުރުގެ ކެމްޕޭން ފެށުނު ފަހުން ވޭތުވެދިޔަ ދެ ރޭ އެމްޑީޕީއާއި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ވަނީ ރައީސް އިބްރާހިމަށް މާލޭ ދަނޑިކޮށި ޖަގަހައާއި ސޯސަން ޖަގަހައިގައި ޖަލްސާ ބާއްވައިފައެވެ. އަދި މިރޭ މާފަންނުގައި ދަނީ ކަންމަތީ ޖަލްސާއެއްް ވެސް ބާއްވަމުންްނެވެ.
ކުރީ ދެ ރޭގެ ޖަލްސާ ފަދައިން މިރޭގެ ޖަލްސާއަށް ވެސް ދިޔައީ ހަމަ އެއްބައެއްކަން ވަނީ ފާހަގަކުރެވިފައެވެ. ދެވަނަ ބުރު ކާމިޔާބު ކުރައްްވާނެ ކަމަށް ރައީސް އިބްރާހިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު އިތުރު އެއްވެސް މީހެއްގެ ތާއީދެއް ލިބޭ ތަނެއް ނުފެނެއެވެ.
ދިޔަރެސްއަށް މައުލޫމާތު ލިބޭ ގޮތުން ރައީސް ޞާލިޙްގެ ޖަލްސާއަށް ހާޒިރުވާ މީހުންނަކީ ވަޒީފާއަށްޓަކައި މަޖުބޫރުން އެ ތަނަށް ދާާ މީހުންނެވެ. ދެން ތިބި މީހުންނަކީ އެކި އަދަދުތަކުން ފައިސާދީގެން ކުއްޔަށް ނަގައިގެން ގެންްދާ މީހުުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރައީސް ޞާލިޙަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ %38 ވޯޓެވެ. ނަމަވެސް ދެވަނަ ބުރުގައި އެ ޕަސެންޓް އެއަށްވުރެ މާ ބޮޑަށް ދަށްވާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.