Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން: ޑރ. މުޢިއްޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައިނުވާ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ނަޝީދަށް އިންސާފު ހޯދައިދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ފަރީދީ މަގު ސްޓެޓިކް ކުރިމަތީގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި 30 ރަށް ކަވަރު ކުރެވިއްޖެ ކަމަށާއި އަދި މާލެ ސަރަހައްދުގައި ވެސް ހިންގި ހަރަކާތްތަކުން އެނގިގެން ދިޔައީީ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ކުރަން ޖެހިފައި ހުރި ކަންކަން ގިނަކަން ކަމަށެވެ. މި ނިމިގެންދާ ފަސް އަހަރު އެއްވެސް ވަރަކަށް ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެވިފައެއް ނުވާ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި މި ކަންކަން އަބަދު މިގޮތަށް ދާން ބޭނުންނުވާ ވާހަކަ ހުރިހާ އެންމެން ބުނަމުންދާކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

'' އެހެންވީމާ އަޅުގަނޑު މި ދޭ ފުރިހަމަ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ 30 ސެޕްޓެމްބަރުގަ އަޅުގަނޑަށް އިތުބާރު ކުރައްވައިފިނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކީގަ އިންސާފުވެރިކަމާއެކީގަ އަދުލުވެރިކަމާއެކު ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށްދޭނަން.'' ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފުރަތަމަ ފަހަރަށް ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވި ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އިންސާފުވެރިކަން ހުރިހާ އެންމެންނަށް ވެސް ގާއިމުކޮށްދޭންޖެހޭ ކަމަށާއި ޝަރުއީ ދާއިރާ ހަގީގީ ގޮތުގައި މިނިވަންކޮށްގެން ކުރާ ވެރިކަމެއް ހިންގަވާނެ ކަމަށެވެ.

''އިންސާފުވެރިކަމާއެކީގަ ކަންކަން ބައްޓަންވެފަ އޮތް އެކަމަށް ތަރުހީބުދޭ އެކަން ޗެމްޕިއަން ކުރާ ސަރުކާރެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން.'' ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ މިއަދު އޮތް ހާލަތަށް އިޝާރަތް ކުރައްވަމުން މުޢިއްޒު ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައެއް ނުވާ ކަމަށާއި ސަރުކާރުން އެކަމަށްޓަކައި ދޭންވާ ސަމާލުކަމެއް ދީފައެއްނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޒައާމަތެއްގައި ނަޝީދަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭނަން
ޑރ.މުއިއްޒު

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވައިލީ 2020 މެއި 06 ގައެވެ. މި މައްސަލައިގައި 09 މީހަކަށް ދައުވާ އުފުލާފައިވާއިރު އޭގެތެރެއިން އެކަކު ކުށަށް އިއުތިރާފުވުމުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ގިނަ ދުވަސްތަކަކަށްފަހު ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މާޗުމަހުގައެވެ.

މި ލިއުމާއި ގުޅޭ