މާލެ ސިޓީގެ ހެންވޭރު ހުޅަނގު ކައުންސިލަރ އަޙްމަދު އައިފާން އަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން މަސައްކަތްކޮށްފިއެވެ.
އައިފާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ރީ-ރެޖިސްޓަރ ކުރައްވަން އެދިފައި ނުވާނެކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓަރ ކުރުމަށް އޯޓީޕީ އޭނާގެ ފޯނަށް ލިބިފައިވާ ކަމަށެވެ.
އައިފާން ވަނީ މިކަން ތަހުގީގުކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ ކިބައިން އެދިލައްވައިފައެވެ.
ރީ-ރެޖިސްޓަރ ވާން ހުޅުވާލިތާ މާގިނަ އިރެއްނުވެ، ގިނަ ބަޔަކަށް ނޭނގި އެމީހުން ދިރިއުޅޭ ތަން ނޫން ތަނަކަށް ރީރަޖިސްޓާކޮށްފައިވާކަމުގެ ޝަކުވާތައް ތިލަވާން ފެށިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އަލުން ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް ރީރަޖިސްޓަރީވުމުގެ ފުރުސަތު ދެ ދުވަސް ކުރިން ހުޅުވައިލުމުން ދެ ދުވަހުގެ ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީވުމަށް ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
25،000 މީހުން ރިރަޖިސްޓަރީވުމަށް ހުށަހަޅާފައިވާކަމަށް އިލެކްޝަނުން ބުނެފައިވަނިކޮށް، ގިނަ ބަޔަކު އަންނަނީ އެމީހުންނަށް ނޭނގި އެމީހުން ދިރިއުޅޭ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާކަމަށް ބުނަމުންނެވެ.
މި މައްސަލަ އިދިކޮޅުން ވަނީ އިލެކްޝަން ކޮމިޝަންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.