Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

ދަ ޑިމޮކްރެޓްސްއާއެކު ގިނަ ކަންކަމަށް އެއްބަސްވެވިއްޖެ، މަޝްވަރާތައް ނިމުމުން އެއްބަސްވުމަކަށް އާދެވޭނެ: ޕީޕީއެމް

ދަ ޑިމޮކްރެޓްސްއާއެކު ވަރަށް ގިނަ ކަންކަމަށް އެއްބަސްވެވިފައިވާ ކަމަށާއި ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭވަރު ވާނީ މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމުންކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހުބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޑިމޮކްރެޓްގެ ތާއީދު ހޯއްދެވުމަށް އެމްޑިޕީ އާއި އިދިކޮޅުންވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

ދަ ޑިމޮކްރެޓްސްއިން ބޭނުންވާ ގޮތަށް ނިޒާމީ ވޯޓެއް ނެގުމަށް ޕީޕީއެމް އާއި އެމްޑީޕީއަށް ހުށަހެޅިއެވެ. އެ ޕާޓީން މައުލޫމާތުދެއްވާގޮތުގައި ޕީޕީއެމްއާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އަދި އެއްބަސްވުމަކަށް އާދެވިފައިނުވެއެވެ.

މިގޮތުން ޕީޕީއެމް އިން އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްގެން މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި، އެއީ އެ ޕާޓީން ބޭނުންނުވާ ކަމަށް ޑިމޮކްރެޓްސްއިން މީގެ ކުރިން ބުނެފައިވެއެވެ. އަދި ސޮއި ނުކުރެވޭ ނަމަ އެއީ ސީރިޔަސް ކަމެއް ގޮތުގައި ނުބެލެވޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

މިއަދު އިދިކޮޅުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮލާލް ވިދާޅުވީ، ކޯލިޝަންގެ ކަންކަމާއި ގުޅޭގޮތުން އަދިވެސް މަޝްވަރާތައް ކުރެވެމުންދާ ކަަމަށެވެ. އެގޮތުން ޑިމޮކްރެޓްސްގެ ހުށަހެޅުންތަކުގެ މަޝްވަރާތައްވެސް ކުރެވެމުންދާ ކަަމަށާއި، ފާރިސް މައުމޫންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މަޝްވަރާތައްވެސް ކުރެވެމުންދާ ކަމަށް ތޮލާލް ވިދާޅުވިއެެވެ.

ތޮލާލް ވިދާޅުވީ، ދަ ޑިމޮކްރެޓްސްއާއެކު އެެއްބަސްވުމެެއްގެ ސޮއި ކުރަން ބޭނުން ނުވާ ކަމަކަށް އަދި މުޅިން ނިންމާފައި ނުވާ ކަަމަށެވެ. އަދި ސޮއި ކުރަން ޖެހޭ ކަމުގައިވާނަމަ ސޮއި ކުރައްވާނެ ކަަމަށާއި، މަޝްވަރާތައް ދާ ކަމަށާއި، ސޮއި ކުރާނީ އެ މަޝްވަރާތައް ނިމުމުން ކަމަށް ތޮލާލް ވިދާޅުވިއެވެ.

"އެ ސޮއި ކުރާއިރު، އެ ލިޔުން އޮންނަން ޖެހޭނީ ކިހިނެއްކަމާއި އެއްޗެހި ނިމިގެން ދާނީ، އޭގެ ތެރޭގައި އަދިވެސް އަޅުގަނޑުމެން މަޝްވަރާ ކުރަން ޖެހޭ ވަަރަށް ބައިވަރު ކަންތައް އެބަ ހުރި. އެހެންވީމަ އެކަންކަމުގެ މަޝްވަރާތައް އެ ދަނީ، ދެން ނިޒާމީ ވޯޓުގެ މަޝްވަރާވެސް އޭގެ ތެރޭގައި އެބަ އޮވޭ." ތޮލާލް ވިދާޅުވިއެވެ.

މިގޮތުން މަޝްވަރާއަށް ޓީމެއް އެކުލަވާލާފައިވާ ކަމަށާއި، އެއްޗެއް ހާމަ ކުރެވޭނީ ކޮންމެވެސް ވަރަކަށް އެއްބަސްވުމަކަށް އާދެވިގެން ކަމަށް ވިދާޅުވިއެވެ.

ތޮލާލް މިގޮތަށް ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީން މިރޭ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ