Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މައުސޫމް

ރިސޯޓުތަކުގެ ޖޫރިމަނާ މާފުކުރުން ސަރުކާރުން ދިފާއުކޮށްފި

ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ބައެއް ރިސޯޓުތަކާއި ހަދަމުންދާ ބައެއް ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރެގެން އަރާފައިވާ ޖޫރިމަނާތައް ރައީސް އިބްރާހީމްގެ އެންގުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން މާފު ކުރުން ޓުއަރިޒަމް މިނިސްޓަރު މައުސޫމް ދިފާއުކުރައްވައިފިއެވެ.

ހަދަމުންދާ ރިސޯޓުތަކުންނާއި ޒަމާނުއްސުރެ ކުލި ނުދެއްކުމަށް މަޝްހޫރު ބައެއް ރިސޯޓުތަކުން ދައްކަން ޖެހޭ ބިމު ކުލި ނުދައްކާ ހުރުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް އިބްރާހީމުގެ އެންގެވުމަށް މާފު ކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދިއެއީ ރައްޔިތުންގެ ފައިސާއަށްވާއިރު, ރައީސް އިބްރާހީމް ބޭނުންފުޅުވީމަ އެހެން މާފު ކުރެވޭނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

ޖޫރިމަނާ މާފުކުރުން ދިފާއުކޮށް ކުރެއްވި ޓުވީޓެއްގައި މައުސޫމް ވިދާޅުވީ, ޖޫރިމަނާ އެއްކޮށް މާފުކޮށް ނުދޭ ކަމަށާއި, މާފުކޮށްދިނީ ޖޫރިމަނާއިން ބައެއް ކަމަށެވެ. އަދި މާފުކުރީ ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތުގެތެރެއިން 18 އިންސައްތައަށްވުރެ އިތުރަށް އަރާފައިވާ ބައި ކަމަށެވެ.

މައުސޫމް މިހެން ވިދާޅުވިއިރު ވަރަށް ގިނަ ރިސޯޓުތަކުން ވަނީ ބޮޑު ރޭޓުގައި ޖޫރިމަނާ ދައްކާފައެވެ. އެހެން ކަމުން ނުދައްކާ ގިނަ ދުވަސްވީ ފަރާތްތަކަށް އެ މާފު ކުރުމަކީ ބޭއިންސާފު ކަމަށް ޖޫރިމަނާ ދެއްކި ވަރަށް ގިނަ ރިސޯޓު އޯނަރުންވެސް ދަނީ ބުނަމުންނެވެ.

މާފު ކުރި ޖޫރިމަނާތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ޖޫރިމަނާ މާފުވެފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ކުންފުނިންނާއި, ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ރިސޯޓުތަކުންނެވެ.

މި ލިއުމާއި ގުޅޭ