Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

ފަޒުނާއާ ދެކޮޅަށް މުޒާހަރާ ކުރުމުން ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް އިބްރާހީމްގެ އަނބިކަބަލުން ފަޒުނާ އަހުމަދު އިއްޔެ ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެން ކެމްޕެއިން ކުރައްވަން އުޅުއްވަނިކޮށް, އެކަމަނާގެ ބައްޕަ އަޑީގައި ހުރެގެން 3 ނޮވެމްބަރު 1988 ގައި ރާޢްޖެއަށް ކުލީ ސިފައިން ފޮނުވައިގެން ހިންގި އުދުވާނީ ހަމަލާގައި ޝަހީދުވި މީހެއްގެ ދަރިއަކު ޖަޒުބާތުގައި ޖެހިގެން ބާޣީއަށް ގޮވި މައްސަލާގައި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބަޔާނެއް ނެރެފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި އެކަން ސިފަކޮށްފައިވަނީ "ކެމްޕެއިނަށް ހުރަސް އެޅުމުގެ" ގޮތުގައެވެ. އަދި އެކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

"އިންތިޚާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް. ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިޙްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްޤުތަކަށް އިޚްތިރާމްކޮށް ޤާނޫނާއި ޤަަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލަން" އެޗްއާރުސީޢެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމް އިން މިހެން ބުނެފައިވީނަމަވެސް އެއްވެސް މީހަކު ފަޒުނާއަށް ހުރަސް އަޅާފައިނުވެއެވެ. އޭގެ ބަދަލުގައި ދުރުގައި ތިބެގެން ހިޔާލު ފާޅުކުރީއެވެ.

ފަޒުނާވެސް ވަނީ އިއްޔެގެ ހާދިސާއަށްފަހު އެހެން މީހުންގެ ހަމްދަރުދީ ހޯދަން "ބޮޑު ދެފިރިހެނަކު ފުރައްސާރަކުރީ" ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓުކޮށްފައެވެ.

މި ލިއުމާއި ގުޅޭ