Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ބްރެޒިލްގެ އެމެޒޯން ޖަންގައްޔަށް މަތިންދާބޯޓެއް ވެއްޓި 14 މީހުން މަރުވެއްޖެ

ބްރެޒިލްގެ އެމެޒޯން ޖަންގައްޔަށް ކުޑަ މަތިންދާބޯޓެއް ވެއްޓި އެބޯޓުން ދަތުކުރި 14 މީހުން މަރުވެއްޖެއެވެ.

އެ ބޯޓް ވެއްޓިފައިވަނީ ބްރެޒިލްގެ އެމެޒޯނަސް ސްޓޭޓްގެ ވެރިރަށް މަނައުސްއިން ބަރްސޭލުސްއަށް ދަތުރު ކުރި މަގުމަތީގައެވެ.

ބަރްސޭލޯސްގައި ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓް ވެއްޓިފައިވާއިރު، މި ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި ތިބީ 12 ފަސިންޖަރުންނާއި ދެ ފަޅުވެރިންވަނީ މަރުވެފައެވެ.ނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ތަހުޤީޤު ކުރަން ފަށާފައިވާ ކަމުގައި ބްރެޒިލްގެ ސަރުކާރުން ބުނެއެވެ.

އެމެޒޯނަސްގެ ސަލާމަތާ ބެހޭ ސެކްރެޓަރީ ވިނީސިޔޫ އަލްމޭއިދާ ވިދާޅުވީ، މަތިންދާބޯޓު ވެއްޓިފައި ވަނީ ބަރްސޭލުސްގެ ވައިގެ ބަނދަރުގެ ރަންވޭގައި ޖެއްސުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމުގައެވެ. އަދި، ބޯޓު ޖައްސަން މަސައްކަތް ކުރި ވަގުތަކީ ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވެއްޓިފައިވާ މަތިންދާބޯޓަކީ ބްރެޒިލްގެ ކުންފުންޏެއް ކަމުގައިވާ އެމްބްރަޔަރް ކުންފުނިން އުފައްދާފައިވާ އީ.އެމް.ބީ-110 މަރުކާގެ މަތިންދާބޯޓެކެވެ. އެއީ، ސަލާމަތީ ސެޓްފިކެޓުތައް ފުރިހަމަ އުޅަނދެއް ކަމަށާއި، އެ އުޅަނދު ދުއްވަން ތިބީ ތަޖުރިބާކާރު ދެ ޕައިލެޓުން ކަމުގައި މަތިންދާބޯޓު އޮޕަރޭޓްކުރާ މަނައުސް އޭރޯޓެކްސީ ކުންފުނިން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވާ ޢާންމުންގެ 12 މީހުންގެ ހަށިގަނޑު މިހާރު ވަނީ މަނައުސްއަށް ގެންގޮސްފައެވެ. ބަރްސޭލުސްއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އަދި، ސެޕްޓެންބަރު މަހަކީ އެ ރަށަށް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަސް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި ލިއުމާއި ގުޅޭ