Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

އާދަމް ޝަރީފް އެމްޑީޕީ މެންބަރުންނަށް: މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޖެހޭ!

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާގޮތަށް ކަންކަން ކުރަން ބޭނުން ނުވިޔަސް މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެމްޑީޕީގެ މެންބަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ފާޑު ވިދާޅުވީ ޗާގޯސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދިވެހި ސަރުކާރުން ދޫކޮށްލި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އެމްޑީޕީގެ މެންބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހެދުމުން މަޖިލިސްގެ ކޯރަމް ހަމަނުވެ ޖަލްސާ ބޭއްވޭ ގޮތް ނުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވޭތޯ ރައީސް މުހައްމަދު ނަޝީދު މިއަދުވެސް ވަރަށް މަސައްކަތް ކުރެއްވިކަމަށެވެ.

ނަމަވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން އެމަނިކުފާނަށް އެއްބާރުލެއްވުން ނުދިން ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ ފާޑު ވިދާޅުވެފައެވެ.

"އެކަމަކު ހަމަހިލާ އެމްޑީޕީއަކުން ރައީސް ނަޝީދަށް އެއްބާރުލުމެއް ނުދިން، އެމްޑީޕީ ރޫޅާލާފައި ރައީސް ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް ކުރިމަގުގައިވެސް އެމްޑީޕީ ކަންކަން ކޮށްފާނެކަމަށް ނުބެލެވޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރަން ބޭނުން ނުވިޔަސް މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ.

މި ލިއުމާއި ގުޅޭ