Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހިމް އަދީބުގެ ޕާޓީއާއެކު މަޝްވަރާތައް ބާއްވައިފި

ސަރުކާރު ހިންގާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިޔާ، އަހްމަދު އަދީބުގެ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެންޓީޑީ)އާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އެމްޓީޑީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ ޕާޓީން ރައީސް އިބްރާހީމާއެކު ބައްދަލުކޮށްލަން ލިބުނު ފުރުސަތު ފާހަގަކޮށްފައެވެ.

އެގޮތުން އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި، ސިޔާސީ މަޝްރަހާ ގުޅިގެން މަޝްވަރާކުރެވުނުކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އިބްރާހިމް އަދީބުގެ ޕާޓީއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ޝަރީޢަތުގައި އެއްބަސްވެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުވައިލި އަދީބު އަދިވެސް ރާއްޖެ އައިސްފައި ނުވެއެވެ.

ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް ހުކުމް ކުރި ފަހުން ގޭގައި ހުންނެވި އަދީބު ރާއްޖެއިން ބޭރަށް ފުރާފައިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާއަށް އެއިރު ހުއްދަދީފައިވަނީ 10 ދުވަހުގެ މުއްދަތަކަށް ސިންގަޕޫރުގައި ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށެވެ. ނަމަވެސް އެ ފަހުން އޭނާގެ ބޭސްފަރުވާއަށް އިތުރު މުއްދަތެއް ހޭދަވާނެކަމަށް ބުނެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގެވުމަށް އޭނާ ބޭސްފަރުވާއަށް ބޭރުގައި ހުންނަން ދިން މުއްދަތުވަނީ އިތުރުކޮށްފައެވެ.

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނީ އޯގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އަދީބު ރާއްޖެއަށް އަނބުރާ އައިސްފައިނުވެއެވެ. އަދީބު ނައިސް 29 އޯގަސްޓު ފާއިތުވި ފަހުން ސަރުކާރުން އެއްވެސް މިންވަރަކަށް އެކަމުގައި އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
ބޭސްފަރުވާއަށްކަމުގައި ބުނެ އަދީބު ރާއްޖެއިން ބޭރަށް ފުރަން ސަރުކާރުން ހުއްދަދޭން ނިންމީ އެމްއެމްޕީއާރުސީ ޚިޔާނާތުން ރައީސް އިބްރާހީމަށް ފައިސާ ލިބުނުކަން ހާމަކޮށް ރައީސް އިބްރާހީމުގެ މައްޗަށް އެ މައްސަލާގައި ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރައްވާނެކަމަށް ވިދާޅުވެ، އޭނާ ރައީސަށް ބިރުދައްކަވައިގެންކަން އިތުބާރުކުރެވޭ މަސްދަރުތަކުން "ދިޔަރެސް"އިންވަނީ ކަށަވަރުވެފައެވެ.
އަދީބު ފުރުވައިލިއިރު ސަރުކާރުން ބުނެފައިވަނީ އޭނާ ސިންގަޕޫރަށް ފޮނުވައިލަނީ އަނބުރާ އޭނާ ގެނެވޭނެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށެވެ. އެގޮތުން އޭނާއާއެކު ފުލުސް އޮފިސަރެއް އޭނާއާއެކު ސިންގަޕޫރަށް ދިޔައެވެ. ނަމަވެސް "ދިޔަރެސް"އަށް އިތުބާރުކުރެވޭ މަސްދަރުތަކުން ކަަށަވަރުވެފައިވާ ގޮތުގައި އަދީބާއެކު ސިންގަޕޫރަށް ފޮނުވި ފުލުސް އޮފިސަރު މިހާރު ރާއްޖެއަށް އަނބުރާ އަތުވެއްޖެއެވެ.
އަދީބު ފުރުވައިލިއިރު ސަރުކާރުން ބުނެފައިވަނީ އޭނާ ސިންގަޕޫރަށް ފޮނުވައިލަނީ އަނބުރާ އޭނާ ގެނެވޭނެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށެވެ. އެގޮތުން އޭނާއާއެކު ފުލުސް އޮފިސަރެއް އޭނާއާއެކު ސިންގަޕޫރަށް ދިޔައެވެ. ނަމަވެސް "ދިޔަރެސް"އަށް އިތުބާރުކުރެވޭ މަސްދަރުތަކުން ކަަށަވަރުވެފައިވާ ގޮތުގައި އަދީބާއެކު ސިންގަޕޫރަށް ފޮނުވި ފުލުސް އޮފިސަރު މިހާރު ރާއްޖެއަށް އަނބުރާ އަތުވެއްޖެއެވެ.
މި ލިއުމާއި ގުޅޭ