Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްމާއީލް ހަބީބު

ކެނޑިޑޭޓުންނާއި ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ޖަލަށް ލެވޭ ވަރުގެ ކުށެއް: ހަބީބް

އިންތިހާބުތަކާއި ގުޅިގެން ބާއްވާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކެނޑިޑޭޓުންނާއި ބެހޭ ގޮތުން ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އަދަބެއްގެ ގޮތުން ޖަލަށްވެސް ލެވޭ އިންތިހާބީ ކުށެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާގޮތުގައި ކެންޕޭން ހަރަކާތްތަކުގެ ތެރެއިން ކެނޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ހަގީގަތާއި ޚިލާފު ވާހަކަތަކާއި އެފަދަ ވާހަކަތައް މީޑިޔާއިން ދައްކައި، އާއްމުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރުމަކީ އަދަބު ކަނޑައެޅިގެންވާ އިންތިހާބީ ކުށެކެވެ.

އަދި އެފަދަ އަމަލެއް ހިންގައިފި މީހަކަށް އަދަބެއްގެ ގޮތުން 4 މަހާއި 1 އަހަރުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 4،000 ރުފިޔާ އާއި 12،000 ރުފިޔާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު މިފަދައިން ވިދާޅުވެފައިވާއިރު ވެރިކަންކުރާ އެމްޑީޕީއަށް ތާއީދުކުރާ ބައެއް މީޑިއާތަކާއި ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން އިދިކޮޅު ކެންޑިޑޭޓް ޑރ މުޢިއްޒުއާ ގުޅޭގޮތުން އަންނަނީ ވަރަށް ގިނަ ތުހުމަތުތައް ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ