Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

ފަޒުނާގެ ކުރީގެ ޓުވީޓެއް: ގޭގަ ރީއްޗަށް އޮތްވާތަ ބާޣީއޭ ގޮވީ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު, އިއްޔެ ހަވީރު ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެން ރައީސް އިބްރާހީމަށް ވޯޓު ހޯއްދެވުމުގެ މަސައްކަތްކުރަނިކޮށް އެކަމަނާއަށް ބާޣީއަށް ގޮވުމުން އެއީ "ފުރައްސާޜަ" ކުރުން ކަމުގެ ވިދާޅުވެ ފޭސްބުކްގައި ލިޔުއްވާފައި ވަނިކޮށް, އެހެން މީހުންނާ ދިމާލަށް "ބާޢީއަށް" ގޮވުން ދިފާއުކޮށް ފަޒުނާ މީގެ އަހަރުތަކެއް ކުރިން ކުރެއްވި ޓުވީޓެއް އާންމުވެއްޖެއެވެ.

"ގޭގަ ރީއްޗަށް އޮތްވާތަ ބާޣީއޭ ގޮވީ" 2012 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 10 ވަނަ ދުވަހު ފަޒުނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ފުލުހުންނާ ސިފައިންނާ ދިމާލަށް އެމްޑީޕީ އިސްވެ އޮވެ ބާޣީއަށް ގޮވުމަކީ އާންމުކަމެކެވެ. ބައެއް ސިފައިންނާއި ފުލުހުން އެމީހުންގެ ދަރިންތައް ސްކޫލަށް ގެންދާ މަގުމަތީގައިވެސް ކުދިން ކުރިމަތީ ބާޣީއަށް ގޮވާ ފުރައްސާރަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ޝަކުވާ ކުރުމުން ފަޒުނާ ވަނީ އޭރު ބާޣީއަށް ގޮވުން ދިފާއުކޮށް ޓުވީޓުކުރައްވާފައެވެ.

ގިނަ ބަޔަކު މިހާރު އަންނަނީ އެ ޓުވީޓު ކޯޓްކޮށް, ފަޒުނާއަށް އެހެން މީހުންނާ ދިމާލަށް ބާޣީއަށް ގޮވޭއިރު, އެހެން މީހުންނަށްވެސް އެގޮތަށް ގޮވުމުގެ ހައްޤު އޮންނާނެކަމަށް ބުނަމުންނެވެ.

ހިޔާ ސަރަހައްދުގައި ފަޒުނާއަށް ބާޣީއަށް ގޮވާފައިވަނީ ފަޒުނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލ އަޑީގައި ހުރެގެން 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ފޮނުވި ކުލީ ސިފައިން ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލި މީހެއްގެ ދަރިއެކެވެ.

މި ލިއުމާއި ގުޅޭ