Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ޓޮމް ކޯސްޓްގާޑަށް: ސިޔާސީ ކެމްޕެއިނުގައި ނޫޅި ރާއްޖޭގެ މަސްކަނޑު ހިމާޔަތްކުރެވޭތޯ އުޅެއްދެއްވާ!

ޓީވީތަކަށް އަރާ ސިޔާސީ ކެމްޕެއިނުގައި ނޫޅި ރާއްޖޭގެ މަސްކަނޑު ހިމާތަތްކުރެވޭތޯ އުޅެއް ދެއްވުމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ދިވެހި ކޯސްޓުގާޑަށް ގޮވާލައްވައިފިއެވެ.

ޓޮމް މިފަދައިން ގޮވާލައްވާފައިވަނީ ދިއްފުށީގެ ބޭރުން ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތަކެއް ހަރަކާތްތެރިވާކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ދިއްފުށީގެ ބޭރުން 53 މޭލުން ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓު މިއަދު ހެނދުނު 9:30 ގައި އޮތްކަމަށެވެ.

އެކަން ފާހަގަކޮށް ޓޮމް ވަނީ ޓީވީތަކަށް އަރާ ސިޔާސީ ކެމްޕެއިނުގައި ނޫޅި ރާއްޖޭގެ މަސްކަނޑު ހިމާޔަތް ކުރެވޭތޯ އުޅެދިނުމަށް ކޯސްޓްގާޑަށް ގޮވާލައްވާފައެވެ.

މި ލިއުމާއި ގުޅޭ