ނަބްލޫސްގެ ދެކުނުގައި އޮންނަ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ބެއިޓާގައި އިސްރާއީލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 30 މީހަކު ޒަހަމްވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު އިސްރާއީލު ސިފައިން ވަނީ ފަތިހުގެ ވަގުތެއްގައި ބެއިޓާ އަށް ވަދެ، އެ ސަރަހައްދުގެ ޒުވާނުންނާ ކުރިމަތިލައިފައެވެ. ކަރުނަ ގޭހުގެ ސަބަބުން ފަލަސްތީނުގެ އެތައް ބަޔަކަށް ނޭވާހިއްލުމުގެ މައްސަލަ ދިމާވުމުގެ ސަބަބުން ފަރުވާ ދީފައިވެ އެވެ.
ނަބްލޫސްގެ ފޮޓޯގްރާފަރު އަދި ރައްޔިތެއް ކަމަށްވާ ވަހާޖް ބާނީ މައުފްލޭހް "ދަ ނިއު އަރަބް" އަށް ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ވަނީ ދެ ފަހަރެއްގެ މަތިން ވެސް އެކި ގެތަކަށް ވަދެ ހަމަނުޖެހުން ހިންގައި ބަލައި ފާސްކޮށްފަ އެވެ.
އެ ރަށުގެ ޒުވާން ފިރިހެނުން ރެއިޑްގެ ތެރޭގައި އޮކިއުޕޭޝަން ސިފައިންނާ ހިލައިން ކުރިމަތިލި އިރު، ގިނަ ބަޔަކަށް ވަނީ އަނިޔާވެއެވެ. އަދި އަނިޔާވި ގިނަމީހުންނަކީ ، ގިނައީ ކަރުނަ ގޭހުގެ ސަބަބުން ނޭވާ ހިއްލުގެ މައްސަލަ ދިމާވެފައިވާ މީހުންނެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ސޮސައިޓީގެ ޓީމުތަކުން މިދިޔަ އާދީއްތަ ދުވަހު 30 މީހަކަށް ފަރުވާ ދީފައިވަނީ ކަރުނަގޭހުގެ ސަބަބުން ނޭވާލުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ކަމަށެވެ.
އިސްރާއީލު ސިފައިން އެ އަވަށުގެ ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްފައިވާ ކަމަށް އާންމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެފަދަ ވީޑިއޯ ތަކެއްވެސްވަނީ ޕޯސްޓުކޮށްފަ އެވެ.
އިޒްރޭލު ސިފައިން ވަނީ ބެއިޓާއަށް ވަންނަ ހުރިހާ ދޮރެއް ހުކުރު ދުވަހުން ފެށިގެން ބަންދުކޮށް، އެ އަވަށަށް ވަނުމާއި ބޭރަށް ނުކުތުން މަނާކޮށްފަ އެވެ.