Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިރޭ ކުރެއްވި ޓްވީޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) ކަމަށެވެ.

އޭނާގެ އާއިލާއަށް ޚަބަރެއްނުވެގެން ސެޕްޓެމްބަރ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އެޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ މިހާރު ދިރިއުޅެނީ މާލޭގައެވެ. އާއިލާއަށް އެންމެ ފަހުން ޚަބަރެއް ވެފައިވަނީ ގާތްގަނޑަކަށް މީގެ ދެހަފުތާ ކުރިންކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޢަލީ ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ