Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލީބިޔާ

ތޫފާން ޑެނިއަލް: ހަފްތާއަކަށް ވުރެ ގިނަދުވަސްވީއިރުވެސް މަރުވެފައިވާ މީހުންގެ ހަށިތައް ފެނުއަޑީގައި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޑެރްނާއަށް އެރި ތޫފާންގައި ފެންބޮޑުވުމުގެ ސަބަބުން ގެތަށް ހަލާކުވެ، މުޅިސިޓީ އަޑިއަށްގޮސް އެތައްބަޔަކު މަރުވެފައިވާއިރު، އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ އެސިޓީގެ ރައްޔިތުން ނާއި، ރެސްކިއު ޓީމްތަކުން ކުރަމުންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޑެރްނާގެ މަތީގައި ހުރި ދެ ޑޭމް ފަޅައިގެން ގޮސް، މީހުން ދިރިއުޅޭ ބްލޮކްތަކަށް ވެއްޓި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، ގިނަ ބައެއްގެ ހަށިތައް ފެނުގެއަޑިއަށް ގޮސް 1،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަޅުލާފައިވާ ކަމަށް އދ ވަނީ ހާމަކޮށްފައެވެ.
ގާތްގަނޑަކަށް 120،000 މީހުންގެ އާބާދީއެއް އޮންނަ ޑެރްނާގެ ހުރިހާ ޑިސްޓްރިކްޓްތަކެއް ވަނީ އަޑިޔަށް ގޮސް ނުވަތަ ޗަކައިން ވަޅުލެވިފަ އެވެ. އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާއިން ބުނީ އެ ސިޓީގެ 891 އިމާރާތެއް ހަލާކުވެފައިވާ ކަމަށާއި އަދި އެ ސިޓީގެ މޭޔަރު ވަނީ 20،000 މީހުން މަރުވެފައި ވާނެ ކަމަށް ވިދާޅުވެފަ އެވެ.
އދ.ގެ އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ހާލުގައި ޖެހިފައިތިބި އާއިލާތަކުގެ ކުޑަކުދިން ޑެރްނާގައި ތަޣައްޔަރުވެފައިވާ ފެން ބުއިމުން ވިހަވެ 55 ކުއްޖަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
ފެނުގައިޑީގައިވާ ކުނިތަކުގެ ތެރޭން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަދިވެސް ނަގައި ނުނިމޭތީ އެސަރަޙައްދުގައި ބޮޑު ބަލިމަޑުކަމެއް އުފެދިދާނެކަމުގެ އިންޒާރުވެސްވަނީ ކަމާބެހޭ ފަރާތްތަކުން ދީފައެވެ.
މި ލިއުމާއި ގުޅޭ