ގޭންގުތަކާ ގުޅުވައިގެން އެމަނިކުފާނާ މެދު ހަގީގަތާ ޚިލާފު ވާހަކަ މުޖުތަމައު ތެރޭ ސަރުކާރުގެ އިސްވެރިން ދައްކަވަމުން ގެންދަވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ށ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކަމުން ގެންދާ ކަމަށެވެ.
އެގޮތުން އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ ފުލުހުންގެ އިދާރާގެ އިސް މީހަކަށް ގޭންގުތަކުގެ އިސްމީހަކު ހަމަޖައްސަން ނިންމާފައިވާ ކަމަށް ބައެއް ރައްޔިތުންގެގާތުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑު މިހާރު ނިންމާފަޔޯވަނީ ޕޮލިސް ކޮމިޝަނަރަކަށް ކޮންމެވެސް ގޭންގެއްގެ ލީޑަރަކު ލާން. އަޅުގަނޑާ ވަރަށް ގުޅިފަޔޯ އޮތީ. އަޅުގަނޑެއް އަދި ނުނިންމަން އެއްވެސް މަގާމަކަށް މީހަކުލާން" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ރަނގަޅު މުޖުތަމައުއެއް ބިނާކުރުން ކަމަށާއި އެފަދަ ވާހަކަ ތަކަނީ އެމަނުކުފާނުގެ އަގުވައްޓާލުމުގެ މަގުސަދުގައި ދައްކާ ވާހަކަ ތަކެއް ކަމަށެވެ.
އެހެންކަމުން އެފަދަ ވާހަކަ ތަކަށް ނުހެއްލުމަށް ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަވެ.