ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ރެޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ މީހުންގެ ނަމުގައި, އެމީހުންގެ ހުއްދަ ނެތި އެކިތަންތަނަށް ރެޖިސްޓްރީ ކުރުމުގައި ހަރަކާތްތެރިވީ އެމްޑީޕީއަށް އިންތިހާބަށް އެހީވުމަށް މާލޭގައި ހަރަކާތްތެރިވާ އިންޑިއާގެ ޓީމު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެ ޓީމުން މިކަންކޮށްފައިވަނީ މޫކައި ސޫޓްސް ހޮޓަލުގައި ތިބެގެންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް އެހީވާން އައި މި ޓީމުގައި 5 މީހުން ހިމެނުނު އިރު, އެފަހުންވެސް އިންޑިއާއިން އިތުރު ބަޔަކު އައިސް ވަނީ މި ޓީމާއި ގުޅިފައެވެ. އަދި އެމީހުން މޫކައިގައި ތިބެގެން ގިނަ އަދަދަކަށް ސައްހަ ނޫން ރީރެޖިސްޓްރޭޝަން ފޯމުތައް އޮންލައިންކޮށް ހުށަހަޅާފައިވެއެވެ.
50,000 އާއި ގާތްކުރާ އަދަދަކަށް ރީރެޖިސްޓަރ ވާން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ އޮންލަައިން އެޕްލިކޭޝަންތަކެވެ.
އޭގެތެރެއިން ވަރަށް ގިނަ އެޕްލިކޭޝަންތައް ބެލުމެއް ނެތި ވެލިޑޭޓްކޮށްފައިވާއިރު އެކަންކޮށްފައިވަނީ އިލެކްޝަން ކޮމިޝަނުގެ ކުރީގެ މެމްބަރު އަލީ ނަޝާތު އެމްޑީޕީއަށް ދިން ބެކްޑޯ އެކްސެސްއަކުން ކަމަށް މައުލޫމާތު ލިބެއެވެ.
ވަރަށް ގިނަ މީހުން ދަނީ އެމީހުންނަށް އެނގުމަކާ ނުލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޖިސްޓަރ ވަމުން އަންނަ ކަމުގެ ޝަކުވާ ކުރަމުންނެވެ.