Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ިހިޔާ ސަރަހައްދުން ފުލުހުންނަށް އޮޅިގެން ހައްޔަރުކުރެވުނީ އެމްޑީޕީ އެކްޓިވިސްޓެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަބަލުން މެޑަމް ފަޒްނާ އަހްމަދު މިއަދު ހިޔާ ސަރަހައްދަށް ވަޑައިގެންނެވުމުން، ފުލުހުންނަށް އޮޅިގެން ހައްޔަރުކުރެވުނީ އެމްޑީޕީ އެކްޓިވިސްޓެއްކަން އެނގިއްޖެއެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ނުރުހުންފާޅުކުރި މީހުންގެ ތެރޭގައި އެމީހާ ހިމެނޭކަމަށް ހީކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހައްޔަރު ކުރި މީހާއަކީ ރައީސް އިބްރާހިމަށް ތާއީދުކުރާ އެޕާޓީގެ އެކްޓިވިސްޓެކެވެ.

މެޑަމް ފަޒްނާއާ ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވަނީ ފުލުހުން އެންގި ތަނުގައި ތިބެ އަޑުއުފުލުމުންނެވެ.

ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެމީހާ ހައްޔަރުކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކަށް ރައީސް އިބްރާހީމަށް ތާއީދު ހޯއްދަވަން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަޑައިގަތުމުން ގިނަ އެ ޝަހަރުގައި އުޅޭ ގިނަ ބަޔަކު ވަނީ އެކަމަނާ އާ ދެކޮޅަށް އަޑު އުފުލައިފައެވެ.

ހިޔާ ސަރަހައްދުގައި ރައީސް އިބްރާހީމަށް އޮތް ތާއީދުގެ ކުޑަކަމުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ކެމްޕެއިން ކުރެއްވުމަށް ރައީސް އިބްރާހީމު އެ ސަރަހައްދަށް ވަޑައިގެންފައިނުވެއެވެ. ގާތްގަނޑަކަށް 30،000 މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ސަރަހައްދަށް ރައީސް އިބްރާހީމް ވަޑައިނުގަންނަވާއިރު، އެންމެ ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށަށްވެސް އެމަނިކުފާނު ދަތުރުކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާވަނީ އެމަނިކުފާނަށް ވޯޓު ހޯއްދެވުމަށް ކެމްޕެއިނަށް ނިކުމެވަޑައިގެންފައެވެ. ވެރިކަމުގައި ސިޔާސީ ކަންކަމުން ނުފެންނާނެކަމަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވިދާޅުވި ފަޒުނާ ގެންދަވަނީ މާލެ ސަރަހައްދުގައި ގެއިން ގެއަށް ހިންގަވައި އެކަމަނާގެ ފިރިކަލުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ.
މިއަދު ފަޒުނާ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެން ބައެއް ފުލެޓުތަކަށް ޒިޔާރަތްކުރައްވައި ފުލެޓުވެރިންގެ ތާއީދު ހޯއްދެވުމަށް މަސައްކަތްކުރެއްވިއިރު، މީހުންވަނީ ފާއިތުވި 4 އަހަރު ސަރުކާރުން އެ ސަރަހައްދަށް އަދި ހިޔާ ފުލެޓުތަކުގެ ވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާކަން ހަނދާންކޮށްދީފައިވއެވެ.
އޭގެ އިތުރަށް ފަޒުނާގެ ބައްޕައަކީ 1988ގެ ނޮވެންބަރު 3 ވަނަ ދުވަހުގައި ބޭރުގެ ކުލީ ސިފައިންގެ ޖަމާއަތެއްގެ ބަޔަކު ރާއްޖެއަށް ދިން ނިރުބަވެރި ހަމަލާގެ އަޑީގައި ހުރި މީހެއްކަން ފާހަގަކޮށް، ފަޒުނާގެ އާއިލާއަކީ ބަޣާވާތްކުރި އާއިލާއެއްކަމަށް އެތަނުގައި އެއްވެތިބި މީހުން ގޮވާފައިވެއެވެ. އަދި އެމީހުން ކައިރިއަށް ވޯޓު ހޯއްދަވަން ވަޑައިގަންނަވަން ލަދުވެތިވާންވާނެކަމަށްވެސް އެމީހުން އައީ ގޮވަމުންނެވެ.
މި ލިއުމާއި ގުޅޭ