Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

އިންތިޚާބު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރަމުން އެބަގެންދޭ: އަދުރޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރަމުން ގެންދާ ކަމަށް އިދިކޮޅު އިއްތިހާދު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކެނޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ކެމްޕެއިންގައި ހދ. ކުމުންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ސަރުކާރުން ހުޅުވާލި ދެ ދުވަހުގެ ތެރޭގައި މިހާތަނަށް 25 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރިކޮށްފައި ވާއިރު، މީ ގަބޫލު ކުރެވޭ އަދަދެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ ފުރަތަމަ ބުރުގައި 7 ދުވަސް ތެރޭގައި 20 ހާސް މީހުނަށްވެސް ރަޖިސްޓްރީ ކުރެވިފައި ނުވާކަމަށެވެ. މިކަން ކުރަމުން ގެންދަނީ ގަސްތުގައި އޮޅުވާލައިގެން ކަމަށާއި މީ ކުރައްވަން ރާއްވަވާފައިވާ ވައްކަމެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ބޮޑުތަނުން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި މި ސަރުކަރު ބަލިވީމައި މިހާރު 2018 ގައި ކަންކުރިގޮތައް މި އިންތިޙާބު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރައްވަމުން އެބަ ގެންދަވާ. އެހެންކަމުން ޚާއްސަކޮށް އަޅުގަނދުމެންގެ ރަށްރަށުގައި މި ތިއްބެވި ސަޕޯޓަރުން ވަރަށް ބޮށަށް ސަމާލުވެގެން ފާރަވެރި ވާން އެބަޖެހޭ. ރީ ރަޖިސްޓްރީ ކުރަން ހުޅުވާލި ދެދުވަހުގެ ތެރޭ މިހާރު މިވަނީ 25 ހާހަށްވުރެ ގިނަ މެމްބަރުން ރަޖިސްޓްރީ ކުރެވިފައި. މީ އަޅުގަނޑުމެން ގަބޫލުކުރެވޭ އަދަދެއް ނޫން." " މީ ގަސްތުގަ އޮޅުވާލައިގެން ނުބައި ނަންނަމުގަ ފޯމުތައް ވައްދައިގެން ކުރަމުން ގެންދާ ވަރަށްބޮޑު ވައްކަމެއް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި އިންތިޚާބު ޑރ.މުހައްމަދު މުޢިއްޒުއަށް މިހާރުވެސް ބޮޑުތަނުން ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއިންތިޚާބު ރީތިގޮތުގައި ކާމިޔާބު ކުރުމަށް ލާހިކައެއް ނޫން ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި ކުމުންދޫގެ މެޖޯރިޓީވެސް ލިބިގެން ދާނީ މުޢިއްޒުއަށް ކަމަށް ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ތެރޭގައިވެސް މި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެބޭފުޅާ އިލެކްޝަން ކޮމިޝަންގެ ރައީސްއަށް ގުޅާލެއްވުމުންވެސް، އެމަނިކުފާނުގެވެސް ވަރަށްބޮޑު ކަންބޮޑުވުންތައް ހުރި ކަން ފާހަގަ ކުރެއްވި ކަމަށެވެ.

އަދުރޭ ވަނީ މިހާރުން މިހާރަށް ވައްކަން ކުރުމަށް ރާއްވަވަމުން ގެންދަދަވާ ރޭވުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ، އިލެކްޝަން ކޮމިޝަންއަށް މި ކަންކަން ރަނގަޅަށް ސާފުކޮށް އޮޅުން ފިލުވާފައި ނޫނީ މި އިންތިޙާބުގެ ވޯޓުލުން ބާއްވައިގެން ނުވާނެކަމަށްވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ މި އިންތިޚާބުން ވައްކަން ކުރުމަށް ޖާގަ ދީގެން ނުވާނެ ކަމަށާއި، ރައީސް އިބްރާހިމްގެ ވެރިކަމުގައި މުޅި ސަރުކާރު ދަވާލާ، މުޅި ޤަޢުމު ވިއްކާ ހުސްކޮށްފައިވާކަމާއި، މިނިވަންކަން ނަގާލައި ގައުމު އަޅުވެތިކޮށްފި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ