Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ނަން ބޭނުންކޮށްގެން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ނުުރުމަށް ގާސިމް އެދިއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީގެ ނަން ބޭނުންކޮށްގެން ކެމްޕެއިން ނުރުމަށް އެ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އެދިލައްވައިފިއެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއްކަމަށެވެ.

އެޓްވީޓުގައި ގާސިމް ވިދާޅުވީ 16 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން އަޅުގަނޑާއި މަތިކުރުމުން، އަޅުގަނޑު ނިންމާފައިވާނީ ވެޔަތުވިތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

"ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ." ގާސިމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ގާސިމްގެ ތާއީދު ހޯއްދެވުމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެކެންޑިޑޭޓުންވެސް މަސައްކަތް ކުރެއްވިއެވެ. ސަރުކާރު ހިންގާ އެމްޑީޕީއިން ގާސިމާއެކު ތިން ދުވަހުގެ ބައްދަލުވުމެއް ކުރިޔަށް ގެންދިޔައެވެ. އަދި އެމްޑީޕީ އާއެކު ކޯލިޝަން ހެދި ކަމުގެ އަޑުތަކެއްވެސް ފެތުރިގެން ދިޔައެވެ.

އެބައްދަލުވުމުގައި ގާސިމް އެންމެ ކަންބޮޑުވާ މައްސަލަ ކަމަށްވާ އިންޑިއާ އެކު ވެފައިވާ އެއްބަސްވުންތައް ދެއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިފަވެއެވެ. ރައީސް އިބްރާހިމް ގާސިމަށް ހުށަހެޅި ލިޔުންތަކުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ގާސިމް ނިންމެވީ އެއްވެސް ބަޔަކަށް ތާއީދު ނުކުރައްވައި "ނިއުރަލް" ކޮށް ހުންނެވުމަށެވެ.

މި ލިއުމާއި ގުޅޭ