Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ބަރުލަމާނީ މަޝްވަރާތަކަށް ރައީސް ޔާމީން ރައީސް ނަޝީދާ ބައްދަލުނުކުރެއްވި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު މަޝްވަރާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން އެމަނިކުފާނު ބައްދަލުކުރައްވަން ދެކޮޅުހައްދަވައިފިއެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީނާ ބައްދަލުކުރައްވަން ނަޝީދު އެދިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމާމެދު މަޝްވަރާކުރެއްވުމަށެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރެކްޝަންސްގައި އެދުމުން ރައީސް ޔާމީނު ނަޝީދާ ބައްދަލުކުރައްވަން ބޭނުންފުޅުނުވާކަން ކަރެކްޝަންސްއަށް އެންގެވުމާއެކު، އެކަން ކަރެކްޝަންސްއިން މަޖިލީހަށް އަންގާފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް ދިޔަ "ދަ ޑިމޮކްރެޓްސް"އިން ދެވަނަ ބުރުގައި އެމްޑީޕީއާއެކު އިއްތިހާދުވުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި އެ ޕާޓީން ހުށަހަޅާފައިވާ އެއްކަމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހުގައި ނިޒާމާމެދު ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ.

އެކަމުގައި ޕީޕީއެމްއާއެކު މަޝްވަރާކުރެވުނު ނަމަވެސް އެ ޕާޓީން އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންނުވާތީ މިހާރު މަޝްވަރާކުރަމުން އަންނަނީ ހަމައެކަނި ވެރިކަންކުރާ އެމްޑީޕީއާއެކު ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީން ހިންގާ ސިޔާސަތުތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީން އެންމެ ބޮޑު ފާޑުކިޔުން އަމާޒުކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށެވެ.

މި ލިއުމާއި ގުޅޭ