Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: އުތުރުތިލަފަޅު އެއްބަސްވުމަކީ ކުރީ ސަރުކާރުން ދެކޮޅު ހެދި އެއްބަސްވުމެއް!

އުތުރުތިލަފަޅުގައި އިންޑިއާއިން ޤާއިމްކުރާ އަސްކަރީ މަރުކަޒާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާތީ ޑިފެންސް މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އުތުރުތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢެއް ހިންގުމަށް ރައީސް ޔާމީނުގެ ސަރުކާރުން ހުށަހަޅައި، 2016 ވަނަ އަހަރުގައި އެ މަޝްރޫޢު ހިންގުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވިކަމަށެވެ. އަދި މި ސަރުކާރުން ކުރިކަމަކީ އެ އެއްބަސްވުމުގެ ސްކޯޕު ހަނިކުރުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް މިހާރު އާންމުވެފައިވާ ކުރީ ސަރުކާރުގެ ބައެއް ރަސްމީ ލިޔެކިޔުންތަކުން އެއީ ހަގީގަތެއް ނޫންކަން ހާމަވެއެވެ.

މިގޮތުން 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު އެކުލަވާލެވުނު ކޮންޓެކްޓް ރިޕޯޓުގައި އުތުރުތިލަފަޅާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.

އެ ބައްދަލުވުމުގައި އިންޑިއާއިން ވަނީ, އުތުރުތިލަފަޅާއި ގުޅޭގޮތުން އިންޑިއާއިން ހުށަހެޅި ހުށަހެޅުމަށް ރާއްޖޭގެ ސަރުކާރުން ޖަވާބެއް ދީފައިނުވާކަން ފާހަގަކޮށްފައެވެ. އެ ބައްދަލުވުމުގައި އޭރު ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވަނީ ހަމައެކަނި އިންޑިއާއަށް އެތަން ބޭނުންކުރެވޭ ފަދަ ގޮތަކަށް އުތުރުތިލަފަޅު ތަރައްޤީކުރަން ރާއްޖެއަށް އެއްބަސް ނުވެވޭނެ ކަމަށާއި, އެހެނިހެން ޤައުމުތަކަށްވެސް ވިޔަފާރި އުސޫލުން އުތުރުތިލަފަޅު ބޭނުން ކުރެވޭ ގޮތަށްކަށް އެކަން ކުރަން އެއްބަސްވާނަމަ އެކަން ކުރެވިދާނެ ކަމަށެވެ.

އަދި އިއްޔެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނާއި ގުޅިގެން އަހުމަދު މުހައްމަދު ވަނީ ޓުވީޓުކުރައްވައި މާރިޔާ ދެއްކެވި ވާހަކަތައް ދޮގު ކުރައްވާފައެވެ. އެ ބަޔާނުގައި އެ އެއްބަސްވުމުގައި ސޮއި ކުރީ, ކުރީ ސަރުކާރުން ކަމަށް ބުނެފައިވާއިރު އެ އެއްބަސްވުމުގައި ސޮއި ކުރީ 2021 ވަނަ އަހަރު މިހާރުގެ ސަރުކާރުންނެވެ.

މި ލިއުމާއި ގުޅޭ