Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

ވީހާވެސް ގިނަ ބަޔަކު މިއަދު 2 ޖަހާއިރަށް ދަރުބާރުގެ ކައިރިއަށް އައުމަށް އިދިކޮޅުން ގޮވާލައިފި

އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ މީހުންގެ ނަމުގައި އެމީހުންނަށް ނޭގި ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާތީ އިދިކޮޅު ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރަން ހަމަޖެހިފައިވާތީ ވީހާވެސް ގިނަ ބަޔަކު އިންތިހާބާއި ބެހޭ މަރުކަޒު ޤާއިމްކޮށްފައިވާ ދަރުބާރުގެ ސަރަހައްދަށް އައުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ތޮލާލު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިއަދު މެންދުރު 2:00 އަށް އިދިކޮޅުން އިލެކްޝަންސްއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު އެ ސަރަހައްދަށް އައުމަށް ގޮވާލާކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 25,000 މީހުން ރީރެޖިސްޓަރ ކުރަން ހުށަހަޅާފައިވާ ކަމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒު ވަނީ އެހާ ގިނަ އަދަދެއްގެ މީހުން 2 ދުވަސް ތެރޭގައި ރީރެޖިސްޓަރ ކުރާކުރާނެ ކަމަށް ނުބެލެވޭ ކަމަށްވިދާޅުވެފައެވެ. އަދި އެކަން ކަމާއި ބެހޭ ފަރާތްތަކުން ބެލުމަށް ޑރ.މުއިއްޒު ގޮވާލެއްވިއެވެ.

މި ލިއުމާއި ގުޅޭ